ކޮވިޑް ސަޕޯޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލި ފުރަތަމަ ބޭންކަކަށް އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އާ ހެޑްއޮފީސް--- ސަން ފޮޓޯ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ފައިނޭންސް ފެސިލިޓީޒް ނެގި އަމިއްލަ ފަރާތްތައް ނުވަތަ ރީޓެއިލް އަދި ކޮންޒިއުމާ ކަސްޓަމަރުންނަށްވެސް ލުޔެއް ދޭން ނިންމައި އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިހާރު ރާއްޖެއިން ފެންނަމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ބޭންކްތަކުގެ ކަސްޓަމަރުންނަށް ސަޕޯޓް ޕްލޭންއެއް ދޭން ނިންމައިފައެވެ.

އެ ސަޕޯޓް ޕްލޭންއާ އެއްގޮތަށް ރީޓެއިލް ކަސްޓަމަރުންނަށް ލުޔެއް ދޭން ނިންމައި އެކަމަށް އެކަމަށް މިހާރު އެދެވޭނެކަމަށްވެސް އެމްއައިބީން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

މީގެ ކުރިން އެ ބޭންކުން ވަނީ ބިޒްނަސް އަދި ކޯޕަރޭޓް ކަސްޓަމަރުންނަށްވެސް ފައިނޭންސިން ފެސިލިޓީސްތަކުން ލުޔެއް ދޭން ނިންމައި އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

https://sun.mv/133825

އެހެންކަމުން އުޖާލާ ދިރުއުޅުން ސްކީމްގެ ދަށުން ލެޕްޓޮޕް، ފޯން ފަރުނިޗާރު އަދި ސައިކަލް ފަދަ ތަކެތި ނަންގަވާފައިވާ ފަރާތްތަކަށް ލުއި ލިބޭނެކަމަށް އެމްއައިބީއިން ބުންޏެވެެ.

ރީޓެއިލް އަދި ކޮންސިއުމާ ފައިނޭންސިން ފެސިލިޓީސްތައް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ލުޔެއް ހޯދަން ބޭނުންވާ ކަސްޓަމަރުން އެކަމަށް ހާއްސަ އެޕްލިކޭޝަން ފޯމު ފުރުމަށްފަހު [email protected] އީމެއިލް އެޑްރެހަށް ފޮނުވުމުމަށް އެމްއައިބީން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތަށް މެއިލްކުރާއިރު ފޯމުގައި ބުނެފަިއވާ ހުރިހާ ލިޔެކިޔުންތައް ފުުރިހަމަކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެ އެޕްލިކޭޝަން ފޯމު އެމްއައިބީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.

"ކޮންމެ އެޕްލިކޭޝަނެއް ވަކިވަކިން އިވެލުއޭޓްކޮށް ކުރިއަށް ދާންވީ ގޮތް އަންގަމުންދާނޭ ކަމުގެ ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ބޭނުން ފުޅުވާނަަމަ އަދި އެެއްވެސް ސުވާލެއް ކުރައްވަން ބޭނުންފުޅުވާނަމަ އަޅުގަނޑުމެންގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ." އެމްއައިބީގެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް