ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ

ހެންވޭރުގައި ހުރި ގެސްޓުހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮޮފިޝަލް ވިދާޅުވީ ކާސިންޖީ މަގުގައި ހުރި އެ ގެސްޓުހައުސްގައި މީހަކު މަރުވެފައި އޮތް ކަމަށް ބުނެ ފުލުހުންނަށް ރިިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 9:10 ހާއިރު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.

އެ މީހާއަކީ މ. ކޮޅުފުށުން އައި މީހެއް ކަމަށާއި، އެމީހާ ބަނޑަށް ތަދުވާތީ އިއްޔެ އޭޑީކޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހާ މިއަދު ޑޮކްޓަރަށް ދައްކަން ދާން ޖެހޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެމީހާގެ ހަށިގަނޑު ގެސްޓްހައުސް އިން ނެރެގެން މިހާރު ވަނީ ގެންގޮސްފައެވެ. އަދި ގެސްޓްހައުސްގައި ކަމާބެހޭ ފަރާތްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް