ވީއައިއޭގައި ފްލައިޓް ޕާކް ކުރެވޭ ޖާގަ ބޮޑުކޮށްފި

ވީއައިއޭގެ ވެސްޓް އޭޕްރަން -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުޅަނގު ދެކުނުގައި ތަރައްގީކުރާ އޭޕްރަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާ އެތަން ހުޅުވާލައިފި އެވެ.

އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ މި ސަރަހައްދުގައި 25،500 އަކަމީޓަރު ހުންނާނެ ކަމަށާއި ވައިޑްބޮޑީ ހަތަރު އެއާކްރާފްޓު މި ސަރަހައްދުގައި ޕާކު ކުރެވޭނެ ކަމަށެވެ.

ވެސްޓް އޭޕްރަންގެ ފުރަތަމަ ފިޔަވަހި ހުޅުވާފައިވަނީ މިިދިޔަ ޖުލައި 17 ވަނަ ދުވަހުއެވެ. އެމްއޭސީއެލް އިން އޭރު ބުނީ އެ ސަރަހައްދުގައި ހަތަރު ވައިޑް ބޮޑީޑް އެއަކްރާފްޓު ނުވަތަ އަށް ނެރޯ ބޮޑީޑް އެއާކްރާފްޓް ބޭއްވޭނެ ކަމަށެވެ.

އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހި ތަރައްގީކޮށްފައިވަނީ 70 ހާސް އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ.

އާ އޭޕްރަންގައި މަތިންދާބޯޓަށް ކައިރި ކުރާ އިކުއިޕްމެންޓުތަކަށް ވަކި ސަރަހައްދެއް ހާއްސަކޮށްފައިވާއިރު ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓުތަކުގެ އޭޕްރަން އާއި މިއަދު ހުޅުވި އޭޕްރަންގެ ސްޓޭންޑާޑް އެއްވަރުވާނެ ކަމަށް އެމްއޭސީއެލް އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާފައިވާ ރަންވޭއާ ޖެހިގެން އިރަށް އޮންނަ އާ އޭޕްރަން ވެސް މީގެ ކުރިން ވަނީ ޖެޓް ޕާކިން އަށް ހުޅުވާލައިފަ އެވެ.

comment ކޮމެންޓް