ކޮރޯނާވައިރަސް: ބަތަލާ ރިސޯޓުން ޓެސްޓްކުރި މީހާ ނެގެޓިވްވެއްޖެ

ސޭންޑީސް ބަތަލާ ރޮސޯޓު: އެ ރިސޯޓުން ނެގި ސާމްޕަލް ނެގަޓިވް --- ފޮޓޯ/ ސޭންޑީސް ބަތަލާ

ސެންޑީސް ބަތަލާ ރިސޯޓުން ކޮރޯނާވައިރަސް، ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރި މީހާގެ ސާމްޕަލް ނެގަޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ކުރި ޓްވީޓެއްގައި ބުނީ، އެ ރިސޯޓުން އެންމެ ފަހުން ނެގި ސާމްޕަލް ނެގަޓިވްވުމާއެކު މިހާރު ރިސޯޓު މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ބަތަލާ ރިސޯޓުން ޝައްކު ކުރެވޭ މީހަކު ހުރެގެން އެ ރިސޯޓު މޮނީޓަރިން އަށް ލެވުނެވެ. ނަމަވެސް އޭނާގެ ނަތީޖާ ނެގެޓިވް ވުމުން ރިސޯޓު އަލުން ހުޅުވާލި އެވެ

މިހާރު މޮނީޓަރުންގެ ހާލަތުގައި އޮތީ ދެ ރިސޯޓެވެ. އެއީ ޖޭއޭ މަނަފަރު ރިސޯޓާއި ސިނަމަން ހަކުރާ ހުރާ ރިސޯޓެވެ.

މިހާޓަނަށް ރާއްޖެއިން ހަތަރު ރިސޯޓަކާއި ސަފާރީއަކުން 13 ބިދޭސީއަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން އަށް މީހުން މިހާރު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ. ފަސް މީހަކަށް އަދިވެސް ދަނީ ފަރުވާދެމުންނެވެ.

comment ކޮމެންޓް