މަ ލޯތްބެއް ދެން ނުވާނަމޭ... -31

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

އެސްފިޔަތަށް ދުރުކޮށްލަމުން އައިރީން ދެލޯ ހުޅުވާލިއެވެ. ފެނުނީ ހުދުސީލިންގެކެވެ. އޮވެވުނު ތަނާ މެދު ވިސްނާލުމަށް ކުޑަ ވަގުތު ކޮޅެއް ނެގިއެވެ. އަތަށް ގުޅާފައި އޮތް އައިވީ އަށް ބަލާލުމަށްފަހު ގާތުގައި އިން އިޔާންއަށް ބަލާލިއެވެ. ކަންތައް ހިނގާ ދިޔަ ގޮތް ހަނދާނަށް އަންނަމުން ދިޔަ ވަރަކަށް އައިރީންގެ ދެލޯ ފެން ކަޅިވެގެން ދިޔައެވެ. އަނެއްކާވެސް ރޮވެން ފެށުނީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އިޔާންގެ އަތުގެ ތެރެއަށް ލާފައިވާ އޭނާގެ އަތަށްބަލާލުމާއެކު އައިރީންއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ދެލޯ މަރާލައިގެން އޮތުމަށްފަހު ހުޅުވާލާ އިޔާންއަށް ބަލާލި އިރު އިޔާންވެސް އޮތީ އައިރީންއަށް ބަލަހައްޓައިގެންނެވެ. ކަންތައް ތައް ހަނދާންވާން އައިރީން އަށް ވަގުތު ކޮޅެއް ނެގި ނަމަވެސް އެ ކަންތައް ހަނދާންވުމާއެކު އޭނާއަށް ވެސް ރޮވެން ފެށުނެވެ. އިޔާންގެ ވާހަކަތަކަށްފަހު ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނު ނަމަވެސް ކަރުނަތަކަށް ނިމުމެއް ނަޔެވެ. އިޔާންގެ އޯގާތެރިއަތުން އެ ކަރުނަތައް ފުހެދިންއިރު އެ އަތް ތިލައިގައި އައިރީން އަށް ހިފައްޓާލެވުނެވެ. އައިރީންއަށް ބަލާލާ ލުއި ހިނިތުންވުމެއް އިޔާން ރައްދުކޮށްލިއެވެ. ބަދަލުގައި އައިރީންވެސް ހިނިތުންވެލިއެވެ.

މާގިނަ އިރެއްނުވެ އާއިލާގެ އެންމެން އަތުވެއްޖެއެވެ. ކޮންމެ މީހެއްގެ މޫނުމަތިވެސް ވަނީ މިލާފައެވެ. އެހެންނަމަވެސް ކޮންމެ މީހެއްވެސް ބެލީ ވީހާވެސް ހަމަޖެހިފައިވާ މޫނެއް އައިރީންއަށް ދެއްކޭތޯއެވެ. މި ދަނޑިވަޅުގައި އައިރީންދެރަވާނެ ފަދަ އެއްވެސް ބަހެއް ނުބުނުމަށެވެ. އެންމެން އައުމުން އައިރީންއަށް ވެސް ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބުނެވެ. މިއަދު އޭނާއަކީ އެކަނިވެރިއެއް ނޫންކަމުގެ އިޙްސާސް ކުރެވުނެވެ. އާއިލާއެއް އޭނާގެ ފަހަތުގައި އެބަތިއްބެވެ. އައިރީންއަށް ބަލާލެވުނީ އިޔާންއަށެވެ. އައިރީންއަށް ނިދުމުން ފަލަކް އިޔާންއާއެކު ބޭރަށް ނުކުމެލިއެވެ. ވީ ގޮތާ ބެހޭގޮތުން ސުވާލުކޮށްލީ ދެނެވެ.

"ރީން... ކޮޓަރީގައި ހުރި ގޮނޑީގައި އަޅައިގަނެފައި ވެއްޓުނީ" އިޔާން ދޮގެއް ހަދާލިއެވެ. މިވަގުތު މަންމައަށް ހަޤީގަތް ކިޔައިދޭން އޭނާ ބޭނުމެއް ނޫނެވެ. އިތުރު ނުތަނަވަސްކަމެއް ދޭން ބޭނުން ނުވުމާ އެކުގައެވެ. މާގިނަ އިރެއްނުވެ ޑޮކްޓަރު އައިރީންގެ ހާލަތު ބަލަންވެސް އައެވެ. އިތުރު ކަމެއް ނެތުމާއެކު މާދަމާ ގެއަށް ފޮނުވާލާނޭކަމަށް ބުންޏެވެ. ދެދުވަސްފަސް

*****

ދަރިފުޅު ބައިގެން ދިޔުމާއެކު އެކީ ހިތަށް އެތަކެއް ހިތާމައެއް ލިބިފައިވިނަމަވެސް ވަގުތާއެކު ޒަލަމްތައް ވެސް ފަސޭހަވަމުން ދިޔައެވެ. ބައްޕަ އެ ހަޤީގަތް އޭނާއަށް ސިއްރުކުރީ ހަމަ އޭނާއަށް ޓަކައެވެ. އެހެންނަމަވެސް އެކަން ސިއްރުކޮށްފައި އެހާ ދުވަހު ބޭއްވުމުން އައިރީންގެ ހިތަށް ވެސް ތަފާތު އުނދަގޫ ތައް ވަމުން ދިޔައެވެ. ރޭގަނޑުގެވަގުތެވެ. ކައިގެން އައިސް އިރުކޮޅަކު ދެމީހުން ވާހަކަ ދައްކައިލަން މަޑުކޮށްލުމަށްފަހު ނިދަންއޮށޯތެވެ.

"އިޔާން... އަހަރެންގެ އަސްލު ބައްޕަ..... އޭ އެ ކިޔާ މީހާ ދުނިޔޭގައި އެބަހުރިތަ؟" އައިރީން ކުއްލިއަކަށް ކޮށްލި ސުވާލުން އިޔާން ސިހުނެވެ.

"ކީކޭ؟ ނޭނ... ނޭނގެ" އިޔާން ބުނެލިއެވެ.

"އަހަރެންނަށް އެނގެން ޖެހޭނެއެއްނު؟" އައިރީން އިޔާންއަށް ބަލާލިއެވެ.

"ރީންއަށް ހަޤީގަތް އެނގި ހުރެ އޭނަގެ ކުރިކމައްޗަށް ދާން ކީއްވެ ބޭނުންވަނީ؟ އަހަރެން ބޭނުމެއް ނޫން" އިޔާން އައިރީންއަށް ވަރަށް ފުންކޮށް ބަލާލިއެވެ.

"އަހަރެން... ނޭނގެ" އައިރީން ހުއްޓާލިއެވެ.

"އަހަރެން ވެސް އެ އެއްޗެހި ނެގީ ބައްޕައަށް ސިއްރުންނޭ ބުނީމެއްނު... އެހެންވީމަ އަދި ބައްޕަ އަކަށްވެސް މިކަމެއް ނޭނގޭނެ... އެހެންވީމަ އަހަރެން އެ ވާހަކަ ބައްޕަ އާ ދައްކައިލަން ވެސް ރީން ކުޑަ ވަގުތު ކޮޅެއް ދޭންވާނެ" އިޔާން އެދުނެވެ. އައިރީން ބޯ ޖަހާލިއެވެ.

"އަހަރެންނަކީ ކާކުކަން އެނގުމަށްފަހު އިޔާންގެ ހިތަށް އެއްފަހަރުވެސް ނާރާތަ އަހަރެން ދޫކޮށްލަން؟" އައިރީން ދެވަނަ ސުވާލުކޮށްލިއެވެ.

"އެހެން ކީއްވެ އަހަރެން ހިތަށް އަރަންވީ؟" އިޔާން ލުއިކޮށް ހިނިތުންވެލިއެވެ.

"ހަމަ އަހާލީ" އައިރީން އިސްޖަހާލިއެވެ. ތުންފަތުގައި ދަތް އަޅާލުމާއެކު ކަރުނަތައް ދެލޮލުން ފައިބަން ފެށިއެވެ.

"އިޔާން އަށް އެނގޭތަ؟ އަހަރެން ކުޑައިރުވެސް ބައްޕަމެން ކައިރީ އަހަރެން އެންމެ ތުއްތު އިރުގެ އެއްވެސް ފޮޓޯ އެއ ނުހުންނަނީ ކީއްވެހޭ؟ އެހެން ހުރިހާ ކުދިން އެކުދިންގެ ކުޑައިރުގެ ތަސްވީރުތައް ދައްކާނެ... އެކަމަކު އަހަރެން އަތަކު އެހާ ކުޑަ އިރުގެ ފޮޓޯ އެއް ނެތް... އަހަންނަކީ ބައްޕަގެ އަސްލު ދަރިއެއް ނޫންކަން ވެސް ބައްޕަ މި ހުރިހާ ދުވަހު ފޮރުވި... ނިދީގައި އަހަންނަށް ވާ އުނދަގޫ ތަކުގެ ހަޤީގަތް ވެސް މި އެނގުނީ އަދިކިރިޔާ... އެކަމަކު... އެކަމަކު އެއިން އެއްވެސް ކަމެއް އަހަރެންގެ ހަނދާނަކު ނެތް. މަންމައާއި ބައްޕަ އަހަރެން އެދެމީހުންގެ ދަރުއެއްގެ ގޮތުގައި މިހުރިހާ ދުވަހު ބަލާ ބޮޑުކުރީ... ދެމީހުން ވަކިވެގެން އެދިޔައީ އަހަންނަށް ޝުކުރު އަދާކޮށްލާނެ ފުރުސަތެއްވެސް ނުދީ... އަހަރެން ކިހިނެތް ކެތް ކުރާނީ... އިޔާންއަށް އެނގޭތަ؟ ދުވަހަކުވެސް އަހަރެން ދެރަވާނެ ފަދަ ކަމެއް ބައްޕަ ނުކުރޭ، މަންމަ ނިޔާވުމަށްފަހު އަހަންނަށް ލިބެމުން ދިޔަ ލޯބި މާ ބޮޑަށްވެސް އިތުރުވިހެން ހީވި، އަހަންނަކަށް މިވެނި ކަމެއް އެވެނި ކަމެއް ބޭނުންވެޔޭ ބުނާކަށް ދުވަހަކުވެސް ނުޖެހޭ... އަހަރެން ސައިކޭޓްރިސްޓެއް ކައިރިން ފަރުވާ ހޯދިން... އެކަން ދުނިޔެއަށް ސިއްރުކޮށްދޭން އަހަރެން އެދުނީ، އެކަންވެސް ބައްޕަ ކޮށްދިން، އޭރު ނޭނގޭ އެވާ އުނދަގޫ ތަކުގެ ހަޤީގީ ސަބަބަކީ ކޮބައިކަމެއް؟ އަހަރެން ނަށް ހީވާ ހީވުމެކޭ ހިތަށް އަރަނީ، އެތައް ފަހަރަކު ފަރުވާ ކުރުމަށްފަހުވެސް ކަންތައް ތައް އަހަންނަށް ރީތިކޮށް ކުލައެއް ނުވޭ... ބައެއްފަހަރު ހީވޭ ހުވަފެނެއްހެންވެސް، އަނެއްބައި ފަހަރު ހީވާނީ އަސްލެއްހެން، މީހަކު ބާރަށް އެއްޗެހި ކިޔާ ހަޅޭއްލަވާ އަޑޫ ކަންފަތަށް ހިވޭ ހެންވެސް ހީވޭ" އައިރީން އޭނާގެ ހިތުގެ އުދާސްތައް ފުރަތަމަ ފަހަރަށް އިޔާންއާ ހިއްސާކުރިއެވެ.

"އެކަންތައް ތައް ބޮޑު ވާން ފެށީ... އިޔާން... އަހަންނަށް..." އިޔާންގެ އަނިޔާތަކުގެ ވާހަކަ ދައްކަން އައިރީން ފަސްޖެހުނެވެ.

"އަހަރެންގެ އަނިޔާތަކާއެކު" އިޔާން އެބައި ފުރިހަމަ ކޮށްލަދިނެވެ. އެބަސްތައް ދުލުން ބޭރުކޮށްލިއިރު ހިސާބެއްގެ އުނދަގޫތަކެއް ހުދު އިޔާންއަށްވެސް ކުރެވުނެވެ.

"ރީން... އަލުން ސައިކޭޓްރިސްޓަކަށް ދައްކާލަންވީނު" އިޔާން ބުނެލިއެވެ.

"ވަރަށް ފަހުން ދުވަހަކު ބައްޕައަހަންނާ ބައްދަލުކޮށްފަ ހުރިހާ ވާހަކައެއް ކިޔައިދިން... ރީން ބައްޕަ އެ ޑޮކިއުމެންޓް ތައް ހަވާލުކުރީ ބައްޕައާ... ބައްޕަ ބުނުއްވީ ޑޮކްޓަރު ބުންޏޭ ރީން އޭރު ހުރީ ގައިގަނޑަކަށް 99 ޕަރސެންޓް ހަމަ ރަނގަޅުވެފައޭ... އެކަމަކު ބައްޕަ މަރުވުމާއެކު އަނެއްކާ ލިބުނު ޝޮކުގެ ސަބަބުން ހީވަނީ ސަކަރާތް ވަނީހެންނޭ" އިޔާން ބުނެލިއެވެ.

"ވިސްނަން އެބަ؟" އައިރީން ތުންފަތުގައި ދަތް އަޅާލިއެވެ. އޭނާ އިނީ ދެ ފިކުރެއްގެ މަތީގައެވެ.

"އިޔާންގެ ބައްޕައަށް އެނގޭތަ؟ އެ ވީޑިއޯ؟" އައިރީން އަށް އަހާލެވުނެވެ.

"އެ ވީޑިއޯ އަހަރެން ދުށީ ރީން ބައްޕަ ގެ ކެބިންއިން... ޑޮކިއުމެންޓް ތައް ބައްޕަ އަތުގަ ހުންނާނެ ސޯ އަނެއްހެން ހުރިހާ ހަޤީގަތެއް ބައްޕަ އަށް އެނގޭނެ. އަނެއްހެން ހަމަ އެކަނި ވީޑިއީ ކަންނޭގެ ނުފެންނާނީ" އިޔާން ވިސްނާލަމުން ބުނެލިއެވެ.

"ދެން އެކަމާ ނުވިސްނާ... ނިދޭތޯ ބަލަމާ" އިޔާން ބުނެލިއެވެ. އައިރީންވެސް ބޯ ޖަހާލިއެވެ.

"އިޔާން އަށް އެނގޭތަ؟ އަހަރެން އަސްލު އެ ބޭބީ ވަރަށް ބޭނުންވިޔޭ" ލޯ މަރާލުމަށްފަހު އަނެއްކާ ލޯ ހުޅުވާލަމުން އައިރީން ވާހަކަ ދެއްކި އެވެ.

"މިހާރު ކުޑަކޮށްވެސް ހިތަށް ފަސޭހަ ވެއްޖެ... އެ ޒާނާ ގަނޑު އިޔާންފަހަތުން އުޅުނެއްކަމަކު އިޔާން އޭނައާ އެކު ނޫޅޭކަން އެނގުމުން" އައިރީން ބުނެލިއެވެ.

"ޖެލަސް" އިޔާން ހީގަތެވެ.

"ނޫނޭ... އެކަމަކު އެރޭ ކޮޓަރިއަށް..." އައިރީން ހުއްޓާލިއެވެ.

"ސާބަހޭ... އެރޭ ކޮޓަރިއަށް ވަދެފަ އަހަރެން އޭނަ ދުރަށް ކޮށްޕާލީ... ރީންއަށް ނޭނގުނަސް އެންމެ ރެއަކުވެސް އަހަރެން އެ އިން ކުއްޖެއްގެ ގައިގައި އިނގިލި ކުރި ވެސް ޖައްސައެއް ނުލަން އޭރު ބޭނުންވެފަ ހުރީ ރީން ގާތުން ވަރިވާން. ރީން އަމިއްލައަށް ވަރިވާނީ އެހެން ހަދައިގެން ކަމަށް ހީކުރީ އެހެންވެ އޭރު ކޮންމެ ރެއަކު އަންހެން ކުއްޖަކު ގެންނަނީ... ކޮޓަރިއަށް ވައްދާލާފަ އިރުކޮޅަކު މަޑުކޮށްލާފަ ފޮނުވާލަނީ... އޭރުވެސް ރީން ރޯ އަޑު އިވުނީމަ ވަރަށް އުނދަގޫވޭ" އިޔާން ހަޤީގަތް އައިރީން ކުރިމަތީގައި ހާމަކުރިއެވެ. އައިރީންގެ ހިތަށް ބަޔާން ކުރަން ދަތި އުފަލެއް ލިބުނެވެ.

"އަދިވެސް ބޭނުންވަނީ އަހަރެން ވަރިވާންތަ؟"

"ނޫނޭ... "އިޔާން އައިރީންއާއި ގާތް ވެލިއެވެ. ދެމީހުންގެ ހުނުމުގެ އަޑާއެކު ސަކަރާތްވެސް އިތުރު ވެގެން ދިޔައެވެ. ޒަލަފްއާއި ރަޔާގެ ކައިވެނީގެ ތާރީހް ކަނޑައެޅި އެ ތާރީހްގައި ކައިވެނި ކުރެވިގެން ދިޔައެވެ. ކައިވެންޏަށް ފަހު އޭގެ އަނެއް ދުވަހު ޒަލަފް ފުރައިގެން ދިޔައީ ދުބާއީއަށެވެ. ރަޔާވެސް ދިޔައެވެ. އެއީ އިޔާންއާއި އައިރީންގެ ފަރާތުން އެދެމީހުންގެ ކައިވެނީގެ ހަދިޔާޔަކަށް ދިން ހަނީމޫން ދަތުރެކެވެ. ގޭތެރެއަށް ވެރިވި ހަމަހިމޭން ކަމުގެ ސަބަބުން އެކަމާ އެންމެ ޖޯކު ޖެހީ އިޔާންއެވެ. އަނގަގަދަ މިތުރު ނެތުމުން ގޭރެރ ފަލޫވީ އޭ ކިޔާ ކާމޭޒުމަތީގައި ވެސް އެންމެން ހެއްވާލަނީ އިޔާންއެވެ. އެގޮތަށް ސަކަރާތް ޖަހާ ކޮންމެ ފަހަރަކު އައިރީންގެ މޫނުމަތިން ވެސް ހިނިތުންވުމުގެ އަސަރު ފެންނާތީއެވެ. ޒަލަފްއަކީ އޭނާވަރަށް ލޯބިވާ ކޮއްކޮއެކެވެ.

*****

ރާއްޖޭން ބޭރުގައި ހަފްތާއެއް ހާ ދުވަސް ހޭދަކުރުމަށްފަހު ދަތުރުކުރު ކޮށްލާފައި ޒަލަފްމެން އައި ދުވަހެވެ. ރާއްޖެ އާދެވުނީ މެންދުރުގެ ވަގުތެއްގައެވެ. ގެއަށް އައިސް ވެފައި ހުރި ވަރުބައްޔާއެކު ޒަލަފްވެސް ގަސްތުކުރީ ނިދާލާށެވެ. ނިދާހޭލެވުނީ އަސުރު ނަމާދުބަންގިވަގުތު ކައިރިވުމުން ރަޔާ ގޮވާލީމައެވެ. ކަންނެތް ކަމާއެކު ވެސް ނަމާދަށް މިސްކިތަށް ދާން ޒަލަފް ގަސްތުކުރިއެވެ. ކޮޓަރިން ނުކުތީ ބަންގި ގޮވީމައެވެ. އޭރު އިޔާންވެސް އޭނާގެ ކޮޓަރިއާ އަރާ ހަމަވަނީއެވެ. ޒަލަފްއާ ދެމީހުން އެކުގައި މިސްކިތަށް ގޮސް ނަމާދުކޮށްލައިގެން ގަސްތުކުރީ ކޮފީއަކަށް އެރުމަށެވެ. މިސްކިތާ މާދުރުނޫން ކެފޭއެއް ކައިރިއަށް މަޑުކޮށްލާ އެންމެ ފުރަތަމަ ސައިކަލުން ފޭބީ ޒަލަފްއެވެ. އިޔާންވެސް ޕާރކުކޮށްލާފައި އައިސް ޒަލަފް ގާތަށް ހުއްޓުނެވެ. މަގުގެ ދެކޮޅު ބަލާލާފައި މަގު ހުރަސްކރަން އަވަސްވެގަތް ވަގުތެވެ. ސައިކަލު ތަކުގެ ގެ ކައިރީގައި ހުރި ފިރިހެންމީހަކު އެ ދެމީހުންނާ ކައިރިވެލިއެވެ. މޫނު ނިވާކޮށްލާފައި ވުމުން ކާކުކަން ވަކިކުރާކަށް ނޭނގުނެވެ. އޭރު އިޔާން ފޯނެއް އައިސްގެން ފޯނަށް ސަމާލުކަން ދީގެން ހުރި އިރު އޭނާގެ ނަޒަރު ހުރީ އަނެއްފަރާތަށް ހުއްޓިފައެވެ.

އޭނާ ކުއްލިއަކަށް ޖީބުން ނެގި ވަޅި ޒަލަފްގެ ބަނޑަށް އަމާޒުކޮށްލިއެވެ.

"އާތް" ޒަލަފްގެ އަނގައިން ނުކުތް ވޭނީ އާހާއެކު އިޔާން އަށް ވެސް ބަލާލެވުނެވެ. އޭރު އެ ޒުވާނާ ޒަލަފްގެ ބަނޑަށް ހަރާފައިވާ ވަޅި ދަމައިގަންނަމުން ދުއްވައިގަންނަނީއެވެ. (ނުނިމޭ)

comment ކޮމެންޓް