15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރަށެއްގެ މަގުމަތީގައި ކުޑަކުދިންތަކެއް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ފަނަރަ އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުތުރުގެ އަތޮޅުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ރޭ ހުށަހަޅާފައިވާ ކަަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުުރުވެފައެވެ. ހާއްސަކޮށް ގދ. ކަނޑުހުޅޫދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ.

އެފަދަ މަައްސަލަތަކުގައި ހިމެނޭ މީހުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލާ އަޑުވެސް ވަނީ ގަދަވެފަ އެވެ.

comment ކޮމެންޓް