ބަންދު ދުވަސްތަކުގައި ކަސްޓަމްސްއިން ކޮންމެހެނެއް ބޭނުންވާ ހިދުމަތްތައް ދޭނެ ގަޑިތައް އާންމުކޮށްފި

ކަސްޓަމްސްގެ އޮފިސަރުން --- ފައިލް ފޮޓޯ/ ކަސްޓަމްސް

ކޮރޯނާވައިރަސް، ކޮވިޑް19އާ ގުޅިހެން ސަރުކާރުން އޮފީސްތައް ހަފްތާއެއްހާ ދުވަހަށް ބަންދުކުރިނަމަވެސް، އާންމުނަށް ކޮންމެހެން ބޭނުންވާ ހިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

އިއްޔެ ސަރުކުރުން ވަނީ ކޮރޯނާ ވައިރަސްއާ ގުޅިގެން މާދަމާއިން ފެށިގެން ހަފްތާއެއްހާ ދުވަހުގެ މުއްދަތަކަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމާފައެވެ.

ކަސްޓަމްސް އިން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ، ކަސްޓަމްސް އިން ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ކޮންމެހެން ބޭނުންވާ ސެކްޝަންތައް ފިޔަވައި އެ މުއައްސަސާގެ އެހެން ސެކްޝަންތައް މާދަމާ އިން ފެށިގެން ބަންދުވާނެ ކަމަށެވެ. އެގޮތުން މާދަމާ އިން ފެށިގެން އެ މުއައްސަސާގެ ސެކްޝަންތަކުން ހިދުމަތްދޭނެ ގަޑިތައް ވަނީ އާންމުކޮށްފައެވެ.

ހިދުމަތް ދޭނެ ސެކްޝަންތަކާއި ހިދުމަތްދޭނެ ވަގުތުތައް ދުވަހާއެކު:

  • އެއާކާގޯ ޑޮކުމެންޓޭޝަން އަދި އެއާކާގޯ އެގްޒަމިނޭޝަން - ހެނދުނު 6:00 އިން މެންދަމު 1:30 އަށް (ހަފްތާގެ ހުރިހާ ދުވަހަކު)
  • ސީކާގޯ ޑޮކިއުމެންޓޭޝަން އަދި ސީކާގޯ އެގްޒަމިނޭޝަން - ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް (ހުކުރުދުވަސް ބަންދު)
  • ސީޕޯޓް ސާވެއިލްންސް އެންޑް އިންޓާޑިކްޝަން - ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް (ހަފްތާގެ ހުރިހާ ދުވަހަކު)
  • ހުޅުމާލެ ޑޮޮކިއުމެންޓޭޝަން އަދި ހުޅުމާލޭ ސީކާގޯ އެގްޒަމިނޭޝަން - ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް (ހުކުރުދުވަސް ބަންދު)
  • ބޮންޑެޑް ވެއާހައުސް ޑޮކިއުމެންޓޭޝަން އަދި އެގްޒަމިނޭޝަން - ހެނދުނު 07:30 އިން ހަވީރު 16:00 އަށް (ހުކުރުދުވަސް ބަންދު)
  • ކ. ތިލަފުށި ކަސްޓަމްސް - ހެނދުނު 8:30 އިން ރޭގަނޑު 14:30 އަށް (ހުކުރުދުވަސް ބަންދު)
  • ސ. ގަން ކަސްޓަމްސް - ހެނދުނު 7:30 އިން ހަވީރު 15:00 އަށް (ހުކުރުދުވަސް ބަންދު)
  • ޕެސެންޖާ ކްލިއަރެންސް ސެކްޝަން - 24 ގަޑިއިރު (ހަފްތާގެ ހުރިހާ ދުވަހުކު)
  • ހާބާ މެނޭޖްމަންޓް ސެކްޝަން - ކަނޑުގެ އުޅަނދު ފަހަރަށް އިންވާޑް ކްލިއަރެންސް ދޭންޖެހޭ ހާލަތްތަކުގައި ހިދުމަތް ލިބޭނެ.
comment ކޮމެންޓް