ކޮރޯނާވައިރަސް: ކަރަންޓީނު މަރުކަޒުތައް 20 އަތޮޅުގައި، 641 ޖާގަ

މާރިޗް 11، 2020: ކޮވިޑް19 އާ ބެހޭގޮތުން މައުލޫމާތު ދިނުން -- ސަން ފޮޓޯ/ އަހްމަދު ސައީދު

ރާއްޖޭގެ 20 އަތޮޅެއްގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލީޓީގެ ގޮތުގައި ޖުމްލަ 641 ޖާގަ މިހާރު ގާއިމްކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ކޮރޯނާވައިރަސް، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، އެ އަދަދަކީ މިހާރު ކަރަންޓީން އަދި އައިސޮލޭޝަންގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ފަރުކޮޅުފުއްޓާއި ވިލަވަރުގެ ކެޕޭސިޓީއާ ނުލާ ރާއްޖޭގެ އެކި އަތޮޅުތަކުގައި ޖާގައިގެ ގޮތުގައި ހުރި މިންވަރު ކަމަށެވެ.

އެގޮތުން މަބްރޫކު ވަނީ ކޮންމެ އަތޮޅެއް ވަކިން ކަރަންޓީން އަދި އައިސޮލޭޝަންގެ ޖާގަ ހުރި މިންވަރު ހާމަކުރައްވާފަ އެވެ.

އަތޮޅުތަކުގެ ޖާގަ:

  • ހއ: ކަރަންޓިން 29، އައިސޮލޭޝަން 19
  • ހދ: ކަރަންޓީން 64، އައިސޮލޭޝަން 34
  • ށ: ކަރަންޓީން 30، އައިސޮލޭޝަން 21
  • ނ: ކަރަންޓިން 19، އައިސޮލޭޝަން 16
  • ރ: ކަރަންޓިން 17، އައިސޮލޭޝަން 33
  • ބ: ކަރަންޓިން 42، އައިސޮލޭޝަން 41
  • ޅ: ކަރަންޓިން 12، އައިސޮލޭޝަން 5
  • ކ: ކަރަންޓިން 8، އައިސޮލޭޝަން 8
  • އއ: ކަރަންޓިން 10، އައިސޮލޭޝަން 9
  • އދ: ކަރަންޓިން 23، އައިސޮލޭޝަން 12
  • ވ: ކަރަންޓިން 4، އައިސޮލޭޝަން 9
  • މ: ކަރަންޓިން 9، އައިސޮލޭޝަން 12
  • ފ: ކަރަންޓިން 0، އައިސޮލޭޝަން 8
  • ދ: ކަރަންޓިން 6، އައިސޮލޭޝަން 8
  • ތ: ކަރަންޓިން 18، އައިސޮލޭޝަން 0
  • ލ: ކަރަންޓިން 28، އައިސޮލޭޝަން 22
  • ގއ: ކަރަންޓިން 16، އައިސޮލޭޝަން 8
  • ގދ: ކަރަންޓިން 14، އައިސޮލޭޝަން 12
  • ޏ: ކަރަންޓިން 4، އައިސޮލޭޝަން 2
  • ސ: ކަރަންޓިން 5، އައިސޮލޭޝަން 4

މީގެ ތެރެއިން މިހާރު މީހުން ބައިތިއްބަމުން އަންނަނީ، ފަރުކޮޅުފުށީގެ ގާއިމްކޮށްފައިވާ 50 މީހުންގެ ޖާގައިގެ މަރުކަޒުގަ އާއި ވިލިވަރުގައި 30 ޖާގައިގެ މަރުކަޒުގަ އެވެ. ފަރުކޮޅުގައި ހަދާފައިވާ ކަރަންޓީނު ފެސިލިޓީގައި މިވަގުތު 11 މީހަކު އެބަތިއްބެވެ. އަދި ވިލިވަރުގެ އައިސޮލޭޝަން ފެސިލިޓީގެ 17 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ.

ސަރުކާރުން މިއަދު ވަނީ ވެލިދޫ ރިސޯޓު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ކަން އިއުލާންކޮށްފަ އެވެ. އޭގެ އިތުރު ވިލިވަރުގެ ޖާގަ 100 އަށް އިތުރު ކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށްވެސް ސަރުކާރުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު އިތުރަށް ވިދާޅުވީ، ކަރަންޓީން ފެސިލިޓީގެ ގޮތުގައި ހުޅުލޭ އައިލެންޑް ހޮޓެލްވެސް ބޭނުން ކުރުމަށް އެ ހޮޓަލާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ހަތަރު ރިސޯޓަކުން 10 ބިދޭސީންނެވެ.

comment ކޮމެންޓް