"އޭކް ވިލަން 2"އަށް ތާރާ!

ބަތަލާ ތާރާ ސުތައިރާ---

ޑައިރެކްޓަރު މޯހިތު ސުރީ ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "އޭކް ވިލަން"ގެ ދެވަނަ ބައިގެ ބަތަލާއަކަށް ތާރާ ސުތައިރާ ހަމަޖައްސައިފިއެވެ.

ޓައިގާ ޝްރޮފްއާއެކު "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފްވި ތާރާއާއެކު "އޭކް ވިލަން 2"ގެ ކާސްޓުން މިހާރު ވަނީ ޔަގީންވެފައެވެ. ފިލްމުގެ ލީޑުން ތާރާގެ އިތުރުން ފެނިގެންދާނީ ޖޯން އަބްރަހަމް، އަދިތިޔާ ރޯއީ ކަޕޫރު އަދި ދިޝާ ޕަޓާނީއެވެ.

ފިލްމުގައި ތާރާ ކުޅޭނީ ލަވަކިޔުންތެރިއެއްގެ ރޯލުކަމަށް ރިޕޯޓުތައް ބުނެއެވެ. ތާރާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސިދާތު މަލޮހޯތުރާއާއެކު "މަރްޖާވާން" އިންނެވެ.

އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އަށްވަނަ ދުވަހު ސިނަމާތަކަށް ގެނައުމަށް އަމާޒު ހިފާފައިވާ އެ ފިލްމުގެ ފުރަތަމަ ބައިން ފެނިގެން ދިޔައީ ސިދާތު މަލްހޮތުރާއާއި ޝްރަދާ ކަޕޫރެވެ.

"އޭކް ވިލަން" އަކީ ބޮކްސް އޮފީހުގައި 162.69 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެކެވެ.

comment ކޮމެންޓް