އޭދަފުށީގައި ކުޑަކުއްޖަކު ގެނބި ހާލު ސީރިއަސް

ބ. އޭދަފުށި-- އީޓީ ފޮޓޯ/ފާރިހް

ބ. އަތޮޅު އޭދަފުށީގައި މޫދަރަށް އެރުމަށް ގޮސް އުޅުމުގެ ތެރޭގައި އަންހެން ކުއްޖެއް ގެނބި ހާލު ސީރިއަސް ވެއްޖެ އެވެ.

އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ރަޝީދު ސަން އަށް ވިދާޅުވީ ކުޑަކުއްޖާގެ ހާލު ކްރިޓިކަލް ކަމަށެވެ.

އަދި ޑޮކްޓަރުންގެ ޓީމުން މަސައްކަތް ކުރަމުން ގެންދަނީ އެކުއްޖާ ހާލު ސްޓޭބަލް ކުރުމަށް ކަމަށާއި އެއަށްފަހު މާލެއަށް ގެންދިޔުމަށް މަސައްކަތްކުރާ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ގެނބިގެން އެކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 5:00 އެހާއިރު ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް