ހުސައިން ރަޝީދު އަދާލަތު ޕާޓީން ވަކިކުރަން ހުށަހަޅައިފި

އަދާލަތު ޕާޓީގެ ކުރީގެ ރައީސް ހުސެއިން ރަޝީދު އަހުމަދު ޕާޓީން ވަކިކޮށްދެއްވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

އަދާލަތު ޕާޓީގެ އަމީން އާންމު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ހުސެއިން ރަޝީދު އެ ޕާޓީން ވަކިކޮށް ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

"އަދާލަތު ޕާޓީގެ ފަރާތުން ވަނީ ހުސެއިން ރަޝީދު ޕާޓީން ވަކިކުރުމަށް މިދިޔަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި،" މުއިއްޒު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ތޮލާލު މިއަދު ވިދާޅުވީ ހުސެއިން ރަޝީދު އަދާލަތު ޕާޓީން ވަކިކޮށްދިނުމަށް އެދި އަދާލަތު ޕާޓީން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި ހުސެއިން ރަޝީދު އެ ޕާޓީން ވަކިކުރާނީ އަދާލަތު ޕާޓީގެ އަސާސީ ގަވާއިދަށް ބެލުމަށް ފަހު ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު