އެވިޑް ކޮލެޖުން ގިނަ އާ ކޯސްތަކެއް، ކުރިމަތިލާން ހުޅުވާލައިފި

އެވިޑްކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން---- ފޮޓޯ: މިހާރު

ރާއްޖޭގެ ލީޑިން ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުން އާ ގިނަ ކޯސްތަކެއް ހުޅުވާލައި، އެ ކޮލެޖުގެ މޭ އިންޓޭކަށް ކުރިމަތިލާން އާންމުކޮށް ހުޅުވާލައިފިއެވެ.

އެވިޑް ކޮލެޖުން ބުނީ އަންނަ ސެމިސްޓާގަިއ ސެޓްފިކެޓް ލެވެލްތަކުން ފެށިގެން މާސްޓާ ލެވެލްގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އަންނަ ސެމިސްޓަރގައި 54 އަށްވުރެ ގިނަ ކޯސް ހިމެނޭ ކަމަށާއި އޭގެތެރޭގައި މުޅިން އަލަށް ހިމެނޭކަަމަށް އެ ކޮލެހުން ބުންޏެވެ.

އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި މާސްޓަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއިން ޓީޗިންގް، އެސޯސިއޭޓް ޑިގްރީ އިން އޮފީސް މެނޭޖްމެންޓް، ޑިޕްލޮމާ އިން ޓީޗިންގ ގުރުއާން، ޑިޕްލޮމާއ އިން ޓީޗިންގ އިސްލާމް، ސެޓްފިކެޓް 3 އަދި 4 ކުން އިންފޮމޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ.

އޭގެ އިތުރުން އާ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް، ސެޓްފިކެޓް 1، 2 އަދި 3 އިން އަރަބިކް ލޭންގްއޭޖް، އަދި ސެޓްފިކެޓް 1، 2 އަދި 3 އިން ޤުރުއާން ރެސިޓޭޝަން އެންޑް ތަޖްވީދު ހިމެނެއެވެ.

އެވިޑް ކޮލެޖްގައި ކިޔެވުމަށް މިފަހަރު ހުޅުވާލާފައިވާ ދާއިރާތަކުގެތެރޭގައި އެޑިޔުކޭޝަން ، ޓީޗިނގް ، ބިޒްނަސް މެނޭޖެމެންޓް، ހިއުމަން ރިސޯރސް މެނޭޖެމެންޓް، ޕްރޮޖެކްޓް މެނޭޖްމެންޓް، ކައުންސެލިން، ސައިކޮލޮޖީ، ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް އަދި ޤުރުއާން ހިމެނެއެވެ.

އެވިޑް ކޮލެޖްގެ މެއި އިންޓޭކްގެ ކޯސްތަކާބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށްޓަކައި އެވިޑް ކޮލެޖްގެ 7803228 ނަމްބަރަށް ގުޅުމުން ލިބޭނެއެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި އަގުހެޔޮކޮށް މަތީތަޢުލީމު ފޯރުކޮށްދެއްވަމުންގެންދަވާ އަމިއްލަ އެންމެބޮޑު އެއް ކޮލެޖެވެ.

comment ކޮމެންޓް