ފޭކް ޕާސްޕޯޓެއްގެ މައްސަލައިގައި ރޮނާލްޑީނިއޯ ޖަލަށް

ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ކޯޓަށް ހާޒިރުކުރަނީ --- ފޮޓޯ : ގާޑިއަން

ފޭކް ޕާސްޕޯޓު ބޭނުންކޮށްގެން ޕެރަގުއޭ އަށް ވަންނަން އުޅުނު މައްސަލައެއްގައި މަޝްހޫރު ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ހައްޔަރުކޮށްފިއެވެ.

ޕެރަގުއޭގެ ޕަބްލިކް މިނިސްޓްރީ އިން ބުނެފައިވަނީ ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ ޑި އަސީސް ވަނީ ޕެރަގުއޭގެ އަސޫސިއޯން އިން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައި ކަމަށެވެ.

"އެޓާނީ ޖެނެރަލް އޮފީހުން ވަނީ ރޮނާލްޑީނިއޯ ހައްޔަރުކުރުމަށް ވޮރެންޓެއް ނެރެފައި. އެއީ ޕަބްލިކް ޑޮކިއުމެންޓްގެ ބަދަލުގައި ފޭކު ޑޮކިއުމެންޓް ބޭނުންކޮށްފައިވާ މައްސަލައެއްގައި،" ޕަބްލިކް މިނިސްޓްރީއިން ބުނެފައިވެއެވެ.

އެ މައްސަލައިގައި ދެމީހުން ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. އަދި ކޯޓުން އަމުރުކޮށްފައިވަނީ ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ޖަލަށް ލުމަށެވެ. އެއާއެކު ޕްރޮސެކިއުޓާ އެދިފައިވަނީ ޖަލު ހުކުމް ނޫން އެހެން އަދަބެއް ދިނުމަށެވެ. ނަމަވެސް ކޯޓުން، ޕްރޮސެކިއުޓާގެ ހުށަހެޅުމަށް ވަނީ އިންކާރުކޮށްފައެވެ.

އެ މައްސަލަ ތަހުގީގުކުރުމުގައި ހަރައްކާތްތެރިވާ ޕްރޮސެކިއުޓާއެއް ކަމަށްވާ ފެޑެރީކޯ ޑެލްފީނޯ ވިދާޅުވީ ދެމީހުންނަށް އޮޅުވާލައިގެން ޕެރަގުއޭގެ ފޭކް ޕާސްޕޯޓު ދިނީ ކަމަށް ބެލެވޭ ކަމަށެވެ.

comment ކޮމެންޓް