އައްސޭރި ޖަލުގައި ހިންގި ހަމަނުޖެހުމެއްގައި ތިން އޮފިސަރަކަށް އަނިޔާވެއްޖެ

ގައިދީން ތަކެއް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ރޭ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހިންގި ހަމަނުޖެހުމެއްގައި ތިން ޖަލު އޮފިސަރުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެފި އެވެ.

ކަރެކްޝަންސް އިން ކުރި ޓުވީޓެއްގައި ބުނީ، ހަމަނުޖެހުން ހިންގީ ގައިދީއަކު ޖަލުގައި ގެންގުޅުން މަނާއެއްޗެއް ގެންގުޅޭކަން ފާހަގަ ކުރެވިގެން ޖަލު އޮފިސަރުން އޭތި ނަގަން މަސައްކަތް ކުރުމުން ކަމަށެވެ.

އެ ހަމަނުޖެހުން ހިންގާފައި ވަނީ އެހެން ގައިިދީންތަކެއް ވެސް ބައިވެރިވެގެން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އަދި އެ ހަމަނުޖެހުންތަކުގައި ޖަލު ބަލަހައްޓާ ތިން އޮފިސަރަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި ނަމަވެސް ގައިދީއަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ ލަސްތަކެއް ނުވެ ހަމަނުޖެހުން ކޮންޓްރޯލްކޮށް ޖަލު އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް