ކޮންމެ 10 ދުވަހަކުން 20،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް އޭސްހާޑްވެއާ އަދި ކަލަބޭންކުން ފަށައިފި

ކަލަ ބޭންކް ކުރިމަތީން މީހަކު ހިނގާފައި ދަނީ: ކޮންމެ 10 ދުވަހަކުން 20،000 ރުފިޔާ ލިބޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް، ކޮންމެ 10 ދުވަހަކުން 20،000 ރުފިޔާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް އޭސް ހާޑްވެއާ އަދި ކަލާ ބޭންކާ ގުޅިގެން ފަށައިފި އެވެ.

"އެންމެންގެ ރޯދަ ސޭލް"ގެ ނަމުގައި ކުރިއަށްގެންދާ މި ސޭލުގައި ކުރާ ކޮންމެ 300 ރުފިޔާ އިން މަތީގެ ވިޔަފާރިއަކާ އެކު ގުރުއަތުގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުގެ ދަށުން އޭސް ހާޑްވެއާ އަދި ކަލަބޭންކުގެ ފިހާރަތަކުން ވިޔަފާރިކޮށްގެން ގުރުއަތުން ހޮވޭ ފަރާތަކަށް 20،000 ރުފިޔާ ލިބޭނެ އެވެ. އަދި ކޮންމެ 10 ދުވަހަކުން މި ގުރުއަތުލުން ބާއްވާނެ އެވެ.

މިމަހުން ފެށިގެން އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްގެންދާ ރޯދަ ޕްރޮމޯޝަނުގައި އޭސްހާޑްވެއާ އަދި ކަލަބޭންކުގެ ފިހާރަތަކުން ވިއްކާ އުފެއްދުންތަކަށް 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން އޭސް ހާޑްވެއާގެ ދެފިހާރައިގެ އިތުރުން ކަލަބޭންކގެ ކުލަ ފިހާރަތަކާއި ކަލަބޭންކް ހޯމްގައި ވެސް ކުރިއަށް ދާނެ އެވެ.

އޭސް ހާޑްވެއާ އަދި ކަލަބޭންކުން ރޯދަ އާ ދިމާކޮށް ކުރިއަށްގެންދާ ޕްރޮމޯޝަން ސޯޝަލް މީޑިއާގައި ވެސް ކުރިއަށްދާނެ އެވެ. ކަލަބޭންކް އަދި އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖުތަކުގައި މި ޕްރޮމޯޝަންތައް ކުރިއަށް ދާނެ އެވެ.

އޭސް ހާޑްވެއާގެ ފިހާރައެއް ރާއްޖޭގައި ފުރަތަމަ ހުޅުވި 2011 ވަނަ އަހަރު އެވެ. އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ ކޯ ލޯޑް މޯލްޑިވްސް ގުޅިގެންނެވެ.

comment ކޮމެންޓް