ޕްރޮމޯޝަނަކާއެކު ބީއެމްއެލްގެ ޕާސަނަލް ލޯން އަދި ފައިނޭންސިންއަށް ލުއި ބަދަލެއް

މާރިޗް 1، 2020: ބީއެމްއެލްގެ ލޯނުތަކަށް ގެނެވުނު ބަދަލުތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ / އަހްމަދު ސައީދު

އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނަކާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޕާސަނަލް ލޯނު އަދި ޕާސަނަލް ފައިނޭންސިން ޕްރޮޑަކްޓުތަކަށް ހެޔޮ ބަދަލެއް ގެނެސްފި އެވެ.

ބީއެމްއެލްގެ ޕާސަނަލް ލޯނު އަދި ޕާސަނަލް ފައިނޭންސިން ޕްރޮޑަކްޓުތަކަށް ގެނައި ބަދަލުތައް ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ ޑިރެކްޓާ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ޕާސަނަލް ލޯނާއި ޕާސަނަލް ފައިނޭންސިން އަކީ ބޭންކުގެ ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު ދެ ޕްރޮޑަކްޓު ކަމަށެވެ.

"މިއީ އެންމެ ފަސޭހައިން އެކްސެސް ބެވޭ، ކަސްޓަމަރުންގެ ބޭނުންތަކަށް ފެސިލިޓޭޓު ކުރެވޭ ދެ ޕްރޮޑަކްޓު. ފާއިތުވި އަހަރުތަކުގައި އެންމެ ބޮޑު ތަރުހީބެއް ކަސްޓަމަރުންގެ ފަރާތުން ލިބުނީ މި ޕްރޮޑަކްޓުތަކަށް،" ކުލްދީޕް ވިދާޅުވި އެވެ.

މާރިޗް 1، 2020: ބީއެމްއެލްގެ ލޯނުތަކަށް ގެނެވުނު ބަދަލުތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ / އަހްމަދު ސައީދު

އޭނާ ވިދާޅުވީ މި ޕްރޮޑަކްޓު ތަކަކީ ބޭންކުގެ ކަސްޓަމަރުންގެ ޕާސަނަލް، މެޑިކަލް އަދި ލައިފްސްޓައިލް ބޭނުންތަކަށްވެސް ކޭޓާ ކުރެވޭ ލޯނުތަކެއް ކަމަށެވެ. މިދިޔަ އަހަރު އެކަނިވެސް ބޭންކުގެ ކަސްޓަމަރުންނަށް ޖުމްލަ 2.7 ބިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ބޭންކުން ފެށި ޕްރޮމޯޝަނުގެ ދަށުން 500،000 ރުފިޔާގެ އަގުހުރި އިނާމު ދޫކޮށްލާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ޕާސަނަލް ލޯނާއި ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކު އެއް ފަރާތަކަށް އައިފޯނެއް ދޫކޮށްލާއިރު ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭސިންއަށް އެދި ހުށަހަޅާ ކަސްޓަަމަރުންގެ ތެރެއިން ގުރުއަތުން ދެ ފަރާތް ހޮވައި، ކޮންމެ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ދޭނެ އެވެ. މީގެ އިތުރުން ވެހިކަލް ލޯނާއި ވެހިކަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއްފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ބޭންކުން ބުނީ ޕާސަނަލް ލޯނު އަދި ފައިނޭންސިންއަށް ހާއްސަ މި ޕްރޮމޯޝަންގެ ދަށުން ލިބޭ ހުރިހާ އިނާޔަތެއް އެ ބޭންކުގެ އިސްލާމިކް ޕްރޮޑަކްޓުތަކަށްވެސް ލިބޭނެ ކަމަށެވެ.

މާރިޗް 1، 2020: ބީއެމްއެލްގެ ލޯނުތަކަށް ގެނެވުނު ބަދަލުތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ / އަހްމަދު ސައީދު

ބީއެމްއެލް އިސްލާމިކްގެ ޑިރެކްޓާ އޮފް އިސްލާމިކް ބޭންކިން ސުރީ ހާނިމް މުހައްމަދު ވިދާޅުވީ ކޮންވެންޝަނަލް ލޯނުތަކަށް ހާއްސަ ޕްރޮމޯޝަނުގެ ލުއިތައް، ޝަރީއާ ކޮމްޕްލަޔަންޓް ޕާސަނަލް ފައިނޭންސިން ފެސިލިޓީސްގެ ދަށުންވެސް ލިބޭނެ ކަމަށެވެ.

"ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގެ ދަށުން އެއް ދުވަސް ތެރޭ ރިކުއެސްޓް ޕްރޮސެސްވާނެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ބީއެމްއެލްގެ ބްރާންޗުތަކުން އިސްލާމިކް ފައިނޭންސިންގެ ހިދުމަތް ލިބޭނެ،" ސުރީ ވިދާޅުވި އެވެ.

"އެންމެ ބޮޑު އަމާޒަކީ ޕްރޮޑަކްޓުތަކަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ކޭޓަ ކުރާނެ ޕްރޮޑަކްޓުތަކަކަށް ހެދުން،"

ބީއެމްއެލްގެ ޕާސަނަލް ލޯނު އަދި ޕާސަނަލް ފައިނޭންސިން އަށް ގެނައި ބަދަލުތައް ހިއްސާ ކުރައްވަމުން އެ ބޭންކުގެ ހެޑް އޮފް ރީޓެއިލް ބޭންކިިން މޫސާ ނިމާލް ވިދާޅުވީ ބީއެލްއެލް ލުއި އެކްސްޕްރެސް އަދި ޕާސަނަލް އިސްލާމިކް ފައިނޭންސިން ހިމެނޭގޮތަށް ގެނައި އެއް ބަދަލަކީ އެހެން ބޭންކަކަށް 11 މަހު މުސާރަ ޖަމާކުރުމަށް ފަހު، ބީއެމްއެލް އަށް އެއް މަހު މުސާރަ ޖަމާ ކުރި ނަމަވެސް ލޯނު ލިބޭގޮތަށް ގެނައި ބަދަލެކެވެ. މީގެ ކުރިން އޮންނަގޮތުން، މި ލޯނަކީ 12 މަސް ވަންދެން ބޭންކަށް މުސާރަ ޖަމާކުރުމުން ލިބޭ ލޯނެކެވެ.

މީގެ އިތުރުން ފާއިތުވި 12 މަހު ވަޒީފާ އަދާކޮށްފައި، އަދި މިހާރު ވަޒީފާ އަދާ ކުރާ ތަނުގައި ތިން މަހު ވަޒީފާ އަދާކޮށްފައިވާ ނަމަވެސް ޕާސަނަލް ފައިނޭންސިން އަށް ހުށަހެޅޭނެ އެވެ. އަދި ބީއެމްއެލްގެ ޕޭރޯލް މެދުވެރިކޮށް މުސާރަ ޖަމާކުރާ މީހުންނަށް، ވަޒީފާގައި އުޅޭކަމުގެ ލިޔުން ހުށަނާޅާވެސް މިހާރު ލޯނަށް އެދެވޭނެ އެވެ. ބީއެމްއެލް އިން ބުނީ މުސާރައަށް އަންނަ ބަދަލާއެކު ނަގާފައިވާ ލޯނަކަށް ތިން މަސްދުވަސް ވެފައިވާ ނަމަ ރީފައިނޭންސްކުރުމުގެ ފުރުސަތުވެސް މިހާރު އޮންނާނެ ކަމަށެވެ.

މާރިޗް 1، 2020: ބީއެމްއެލްގެ ލޯނުތަކަށް ގެނެވުނު ބަދަލުތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ / އަހްމަދު ސައީދު

ބީއެމްއެލް އިން މިއަދު ވަނީ ބީއެމްއެލް ވެހިކަލް ލޯން އަދި ބީއެމްއެލް އިސްލާމިކް ވެހިކަލް ފައިނޭންސިން އަށް ވެސް ލުއިގޮތްތަކެއް ތައާރަފު ކޮށްފަ އެވެ. އެގޮތުން ވެހިކަލް ލޯނާއި ވެހިކަލް ފައިނޭންސިންއަށް ގެނެވުނު ބަދަލާއެކު ތިމާވެއްޓާ ރައްޓެހި އުޅަނދު ގަންނަ ފަރާތްތަކަށް މިހާރު ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލިބޭނެ އެވެ.

ދެފުރޮޅުލީ އުޅަނދުގަތުމަށް އެއްވެސް ޑައުން ޕޭމަންޓަކާ ނުލައި ބީއެމްއެލް ވެހިކަލް ލޯނާއި ބީއެމްއެލް އިސްލާމިކް ވެހިކަލް ފައިނޭންސިން މިހާރު ލިބޭނެ އެވެ.

ބީއެމްއެލް ލައިފްސްޓައިލް ލޯނުގެ ގޮތުގައި މީގެ ކުރިން 100،000 ރުފިޔާ ދޫކުރި ނަމަވެސް އާ ބަދަލާއެކު އާމްދަނީގެ ގޮތުގައި ކުލި ލިބޭ މީހުންނަށް 300،000 ރުފިޔާ އާއި ހަމައަށް ރަހުނަކާ ނުލާ މިހާރު ލޯނު ލިބޭނެ އެވެ. އަދި މީގެ ކުރިން މި ލޯނު ނަގާފައިވާ ފަރާތްތަކުން ގަވައިދުން ލޯނު ދައްކަމުން ގޮސްފައިވާނަމަ ރީ-ފައިނޭންސިން އަށް އެދުމުގެ ފުރުސަތު ވެސް މިހާރު ލިބޭނެ އެވެ.

comment ކޮމެންޓް