މިދިޔަ މަހު ރިޒާވަށް ތިން ޕަސެންޓުގެ ކުރިއެރުމެއް

އެމްއެމްއޭ

މިދިޔަ ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ތިން ޕަސެންޓް އިތުރުވެފައިވާކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

އެ އިދާރާ އިން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓުގައިވާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 753 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ މަސް ނިމުނު އިރު މި އަދަދު 776.6 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ. މިއީ ތިން ޕަސެންޓުގެ އިތުރުވުމެކެވެ.

މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައިވާގޮތުބް އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވު 819 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ރާއްޖޭގެ އިގުތިސޯދު މިދިޔަ އަހަރާ އަޅާބަލާއިރު ކުރިއަރާނެއެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކާއެކު ރާއްޖޭގައި މަޑުޖެހިފައި އޮތް ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރަން ފެށުމާއި ޓޫރިޒަމް ސިނާއަތަށް އަންނަ ކުރިއެރުމެވެ.

ނަމަވެސް މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއެކު، ރާއްޖޭގެ އިގްތިސޯދަށް އޭގެ ނުރަނގަޅު އަސަރު ކުރަން ފަށާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް