ގިނަ އަދަދެއްގެ ނަރުހުން ހޯދަން އައިޖީއެމްއެޗްއިން އިއުލާންކޮށްފި

އައިޖީއެމްއެޗް: -- ސަން ފައިލް ފޮޓޯ

ގިނަ އަދަދެއްގެ ނަރުހުން ހޯދަން އައިޖީއެމްއެޗުން އިއުލާންކޮށްފި އެވެ.

އެގޮތުން 59 ނަރުހުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.

އައިޖީއެމްއެޗް އިން ހޯދަން އިއުލާންކުރި ނަރުހުންގެ ތެރޭގައި ރެޖިސްޓަރޑް ނަރުހުންނާއި ސީނިއާ ރެޖިސްޓަރޑް ނަރުހުންނާއި ކްލިނިކަލް ނަރުހުން ހިމެނެ އެވެ.

ހުޅުވާލީ ވަޒީފާތަކުގެ މުސާރައިގެ ގޮތުގައި 9060 އާއި 10940 ލިބެ އެވެ.

އޭގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

އެ މަގާމުތަކަށް ޝަރުތުހަމަވާ ފަރާތްތަކުން އަންނަ މަހު އަށް ވަނަ ދުވަހުގެ 13.30 ގެ ކުރިން، ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާ އެކު އެ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށް ހުށަހަޅަން ޖެހެ އެވެ.

އައިޖީއެމްއެޗްއިން ބުނީ އެ މަގާމުތަކަށް ނަގާނީ މަސައްކަތްތެރި ގާބިލު ނަރުހުން ކަމަށެވެ.

comment ކޮމެންޓް