ހުޅުމާލޭ ހޮސްޕިޓަލްގައި 30 އެނދުގެ ޑައިލަސިސް ސެންޓަރެއް ހަދަން ހަވާލުކޮށްފި

އެޗްއެމްއެޗްގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ގާއިމްކުރަން ނިންމައިފި--ފޮޓޯ/

ހުޅުމާލޭގައި ދިވެހި ސަރުކާރުން ހިންގާ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލަސިސް ސެންޓަރެއް ގާއިމްކުރުމަށް މެޑްޓެކްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން މިއަދު ބުނީ މި އެއްބަސްވުމުގެ ދަށުން 90 ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުގައި ޑައިލިސިސް ސެންޓަރެއް ގާއިމު ކުރަން ޖެހޭނެ ކަމަށެވެ.

ކިޑްނީ ބައްޔަށް ފަރުވާ ދޭ ޑައިލަސިސްގެ ޚިދުމަތް މިހާރު ވެސް ހުޅުމާލޭ ހޮސްޕިޓަލުންދެއެވެ. މިހާރު އެކަމަށް ޚާއްސަކޮށްގެން އެ ހޮސްޕިޓަލުގައި ހުރީ 10 އެނދެވެ.

އިތުރު 30 އެނދު ޑައިލަސިސްއަށް ޚާއްސަ ކުރެވުމުން ފަރުވާ ދެވޭ މިންވަރު އިތުރު ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ކެޕޭސިޓީ އިތުރު ކުރަން ފަށާފައި މިވަނީ އެ އަވަށުގެ އާބާދީ ވަރަށް ބާރު ސުޕީޑެއްގައި އިތުރުވަމުން ދާތީއާއެކުއެވެ.

comment ކޮމެންޓް