ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން އަންނަ މާޗު މަސް ނިމުމުގެ ކުރިން އަހަރީ ފީ ދެއްކުމަށް އިކޮނޮމިކް މިނިސްޓްރީ އިން ހަނދާންކޮށްދީފިއެވެ.
ކުންފުންޏާ ބެހޭ ގާނޫނުގައި ބުނެފައިވަނީ ޕްރައިވެޓް ކުންފުންޏެއްނަމަ އަހަރީ ފީގެ ގޮތުގައި 2000 ރުފިޔާ ދައްކަންޖެހޭ ކަމަށެވެ. އަދި ޕަބްލިކް ކުންފުންޏެއްނަމަ އަހަރީ ފީގެ ގޮތުގައި ދައްކަން ޖެހެނީ 10،000 ރުފިޔާ އެވެ.
މާޗު މަހުގެ ނިޔަލަށް އަހަރީ ފީ ނުދައްކައިފިނަމަ، އޭޕްރީލް މަހުގެ ތެރޭގައި ފީ ބަލައިގަންނާނީ 1000 ރުފިޔާގެ ޖޫރިމަނާ އާއެކުގައި ކަމަށާއި އޭޕްރިލް މަހުގެ ނިޔަލަށް ފީ ނުދައްކައިފިނަމަ، މެއި މަހުގެ ތެރޭގައި ފީ ބަލައިގަންނާނީ 2،500 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށް ގާނޫނުގައި ބުނެއެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އަހަރީ ފީ ދެއްކުމަށް އިކޮނޮމިކް މިނިސްޓްރީ އިން ހަނދާން ކޮށްދީފައި ވާއިރު، ކުންފުނިތަކުގެ އަހަރީ ފީ ބަލައިގަންނާނީ މީރާ އިންނެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ބުނީ މޭ މަސް ނިމުމުގެ ކުރިން އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލުމުގެ މަސައްކަތް ކުންފުނި އުވައިލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު ގެ 2 ވަނަ މާއްދާގެ (1) ގެ ދަށުން އުވާލުމަށް ކަނޑައެޅޭނެ ކަމަށެވެ.
މީގެ ކުރިންވެސް އަހަރީ ފީ ނުދައްކާ ގިނަ ކުންފުނިތަކެއް މި ގަވައިދުގެ ދަށުން ވަނީ އުވާލައިފައެވެ.
comment ޝަބީރީ
5 year 2 month ago
ހަސަނާ ކަލޭވެސް އެވަރަށް ސުފައި ކުލަ އުނގުޅައިގެން ނުކުތީމަ، ނުލަހިކު ލޯބިވާނެ!!!
comment ޢަނީސް
5 year 2 month ago
ކޮންތާކު....ބޯކެނޑި
comment ހަސަން.
5 year 2 month ago
ހާދަ ލޯބިއޭ
reply ޢަލީވަފި
5 year 2 month ago
ޢަލީ ވަހީދު ނަން ވާނީ.