ރީތި ތާރީހުގައި އައްޒަ އާއި މުއާ ކައިވެނިކޮށްފި

މުއާ އާއި އައްޒަގެ ކައިވެނި ހަފްލާގެ ތެރެއިން -- ފޮޓޯ/ފޭސްބުކް

ތާރީހު ރީތި ވެގެން އެތައް ބަޔަކު ކައިވެނިކުރުމަށް މިއަދު ހަމަޖައްސާފައިވާއިރު މަޝްހޫރު ފިލްމީ ބަތަލާ މަރިޔަމް އައްޒަ އާއި އަބްދުﷲ މުއާޒް (މުއާ) ވެސް މިއަދު ކައިވެނިކޮށްފި އެވެ.

އައްޒަ އާއި މުއާ މިއަދު ކައިވެނިކުރިއިރު ދެމީހުންގެ ކައިވެނީގެ ހަފްލާ ކުރިއަށްދަނީ ހުޅުމާލޭގައެވެ.

އައްޒައާއި މުއާގެ ލޯބީގެ ގުޅުމަށް މިހާރު ދެ އަހަރު ވެފައިވާއިރު، ދެމީހުންވެސް މީގެކުރިން ކުރި ކައިވެންޏަށް ދަރިއަކު ލިބިފައިވެ އެވެ.

ދިވެހި ފިލްމީ ދާއިރާގެ އެންމެ "ލޯބި ޖޯޑު" ކަމަށް ގިނަބަޔަކު ބުނާ މި ދެތަރީންގެ ކައިވެނީގެ ހަފްލާގައި ދެމީހުންވެސް ލައިގެން ތިބީ ޒަމާނީ އަދި "ސިމްޕްލިސްޓިކް" ހެދުމެވެ. އައްޒަ ހުދު ކުލައިގެ ހެދުމެއް ލައިގެން ހުރިއިރު މުއާ ކައިވެނީގެ ހަފްލާގައި ލައިގެން ހުރީ އަޅިކުލައިގެ ކޯޓާއި ފަޓުލޫނެވެ.

ދެ ފަންނާނުންގެ ރަން ކިޔުމުގެ ހަފްލާ ބައްވާފައިވަނީ ވަރަށްވެސް ކުލަގަދަކޮށެވެ. ވިލިމާލޭގައި ދެމީހުންގެ ކައިވެނީގެ ރަން ކިޔުމުގެ ހަފްލާ ބޭއްވިއިރު އެ ހަފްލާގައި ދެމީހުން ލާފައިވަނީ ދިވެހި ސަގާފީ ހެދުމެވެ.

ދިވެހި ކެއުމާއެކު ރަން ކިޔުމުގެ ހަފްލާ ބޭއްވިއިރު ދެމީހުންގެ ކައިވެނީގެ ރަނަކީ 30 ރުފިޔާ އެވެ.

މިއަދުގެ ތާރީހު 02.20.2020 ރީތި ވެގެން ގިނަ ބަޔަކު ކައިވެނި ކުރުމަށްޓަކައި ހުށަހަޅާފައިވެއެވެ. އެގޮތުން މިއަދު އެކަނިވެސް 64 ކައިވެނި ކުރުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް