ދިވެހި އިންޝުއަރެންސްގެ އެމްޑީއަކަށް އަމީލް

އަމީލް އަދި ވާހިދު -- ފޮޓޯ: ދިވެހި އިންޝުއަރެންސް / ފޭސްބުކް

ދިވެހި އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރަކަށް އެލައިޑް އިންޝުއަރެންސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ހަމަޖައްސައިފިއެވެ.

ދިވެހި އިންޝުއަރެންސް އިން މިއަދު ބުނީ އެކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަމީލް އައްޔަނުކޮށްފައިވާ ކަމަށާއި ކުންފުނީގެ ޗެއާމަންގެ މަގާމަށް ކުންފުނީގެ ކޯ ފައުންޑަރު އަދި ކުރީގެ އެމްޑީ އަބްދުލް ވާހިދު ހަމަޖައްސާފައިވާ ކަމަށެވެ.

އާ އެމްޑީ އާއި އާ ޗެއާމަން އާއެކު ކުންފުނީގެ ބޯޑު ބައްދަލުވުމެއްވެސް އިއްޔެ ވަނީ ބާއްވައިފައެވެ.

އަމީލްއަކީ އެލައިންޑް އިންޝުއަރެންސްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އިންޝުއަރެންސްގެ ދާއިރާގެ ތަޖުރިބާކާރު، އަމީލް އެކުންފުނިން އިސްތިއުފާ ދެއްވީ ކުންފުނީގައި 24 އަހަރު ހޭދަކުރެއްވުމަށް ފަހު 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.

comment ކޮމެންޓް