ހިތަދޫގެ ފިހާރައެއް ފަޅާލައިގެން ދެ މީހަކު ހައްޔަރުކޮށްފި

ފިހާރައިން ވަގަށް ނެގި ތަކެއްޗާއި ހަލާކޮށްލި ފިހާރައިގެ ދޮރު--

އައްޑޫ ސިޓީ ހިތަދޫގެ ފިހާރައެއް ފަޅާލައިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ފަތިހު ހިތަދޫގައި ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް ހިތަދޫ ފިހާރައެއްގެ ބިއްލޫރި ދޮރު ތަޅާލައިގެން ވަދެ ވައްކަން ކުރި ދެ ފިރިހެނުން ހައްޔަރުކުރި ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 19 އަހަރާއި 22 އަަހަރުގެ ފިރިހެނުންނެވެ.

އެ ދެމީހުން އެ ފިހާރައިން 32 ފޯނާއި ދެ އައިޕެޑާއި 11 ގޭމް ސީޑީއާއި ސެ ސްޕީކަރާއި އެއް އެޕަލް ވޮޗާއި އެއް ހެޑްސެޓްގެ އިތުރުން 27 ސްކްރީން ޕްރޮޓެކްޓަރު ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގް ކުރަމުންނެވެ.

comment ކޮމެންޓް