"އެހެނަސް" ސީޒަން 2 ގެ ޓީޒާ ސަޅިއޭ!

އެހެނަސް ގެ ޕޯސްޓަރެއް--

ވާހަކަލިޔުންތެރިޔާ އަހްމަދު އިގްބާލް (އައިކިއު)ގެ ވާހަކަ "އެހެނަސް ހަމަ ލޯބިވޭ"ގެ މައްޗަށް އުފައްދާފައިވާ ސީރީޒް "އެހެނަސް"ގެ ދެވަނަ ސީޒަނަށް ބެލުންތެރިން އިންތިޒާރުކޮށްގެން ތިއްބާ ސީރީޒްގެ ޓީޒާކޮޅެއް ދައްކާލައިފިއެވެ.

ބައިސްކޯފު އެޕްލިކޭޝަނުން ދައްކާ އެހެނަސް އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒްއެކެވެ. ޓީޒާ އިން ސީރީޒްގެ މެއިން ކާސްޓު ނިޔާ (މުހައްމަދު ވިޝާލް) ފެނިގެންދިޔައެވެ. އެހެނަސްގެ ޓީޒާ އާއެކު ޕޯސްޓަރެއް ވެސް ދައްކާލިއިރު ޕޯސްޓަރުގައި ފެނިގެންދަނީ ނިޔާ ހުސްގަޔާ އިންދައެވެ.

ބުލީކުރުމަށް މީހުން ހޭލުންތެރި ކުރުވުމުގެ މަގްސަދުގައި އުފެއްދި އެ ސީރީޒް ޑައިރެކްޓްކުރީ ރަވީ ފާރޫގެވެ.

"މި ސީރީޒް އަކީ ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް ގެނެސްދޭނެ ސީރީޒްއެއް. ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުއްޖެއްގެ ވާހަކަ. އޭނާ ދިރިއުޅުމެއް ފަށައިގެން ދިމާވާ ކަންތައްތައް ފެނިގެންދާނެ،" ރަވީ ބުންޏެވެ.

އެހެނަސް 2 ދައްކާނެ ތާރީހެއް އިއުލާން ނުކުރި ނަމަވެސް ދެވަނަ ބައި ވަރަށް އަވަހަށް ރިލީޒްކުރާނެކަމަށް ބެލެއެވެ. އެ ސީރީޒްގެ ފުރަތަމަ ބަޔަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު އެ ސީޒަންގެ ފަހު އެޕިސޯޑް ނިމިގެންދިޔައީ ބެލުންތެރިން ހައިރާންކޮށްލާފައެވެ. ބެލުންތެރިންގެ ހިތުގައި އެތައް ސުވާލުތަކެއް އުފައްދާފައެވެ. ރިޝްމީ އާއި ނިޔާ ކައިވެނިކޮށްގެންނެވެ. މި ސީޒަންގައި ރިޝްމީ މުހިއްމު ރޯލެއް އަދާކުރާނެއެވެ.

comment ކޮމެންޓް