ފިއުލް ބައުޒަރަކާ ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު 10:20 ކަންހާއިރު ހައިވޭއިން ހުޅުމާލެއަށް ފައިބާ ކޮޅުގައި ކަމަށެވެ.
އެ ހާދިސާގައި ސައިކލް ދުއްވަން އިން އަންހެން މީހާއަށް އަނިޔާވެ އޭނާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގިތަނުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަަށެވެ.