ޑާކްރެއިންގެ "ކައިވެނީގެ އަމާޒު"އަށް ކާސްޓުން ހޯދަނީ

މަގުބޫލު ޕްރޮޑަކްޝަން ސްޓޫޑިއޯ ޑާކްރެއިން އެންޓަޓެއިންމަންޓުން އިއުލާންކޮށްފައިވާ ފިލްމު "ކައިވެނީގެ އަމާޒު"ގައި އެކްޓް ކުރާނެ ކާސްޓުން ހޯދަން ފަށައިފި އެވެ.


ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) "ސަން" އަށް ބުނީ ފިލްމު ކުޅެން ޝައުގުވެރިވާ ކޮންމެ މީހަކަށްވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ފިލްމުގެ ލީޑު ތަރިންވެސް ފައިނަލް ނުކުރާ ކަމަށް މޮގާ ބުންޏެވެ.

މާލޭގައި ޝޫޓްކުރަން ހަމަޖެހިފައިވާ އެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީ އެކެވެ. އަދި އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރާނީ "ބަޅިނދު"ގެ ސްކްރިޕްޓްވެސް ތައްޔާރު ކުރާ ހޫދު އިބްރާހީމެވެ.

ފިލްމު ނޮވެމްބަރު އަކީ އެ ކުންފުނިން މިއަހަރު ގެނެސްދޭނެ އެންމެ ފުރަތަމަ ފިލްމެވެ. ފިލްމު ރިލީޒްކުރާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައެއްނުވެ އެވެ. ނަމަވެސް ފިލްމުގެ ޕޯސްޓަރު މިހާރު ވަނީ ދައްކާލައިފަ އެވެ.

comment ކޮމެންޓް