ގޭމް އޮފް ތްރޯންސް އިން މަގުބޫލުކަން ހޯދި ސޯފީ ޓާނާ، ފުރަތަމަ ދަރިއަށް ބަލިވެ އިންކަން ހާމަވެއްޖެ އެވެ.
ސޯފީ އާއި އޭނާގެ ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެެރިޔާ ޖޯ ޖޯނަސްގެ ފުރަތަމަ ދަރިއަށް ދެމަފިރިން އިންތިޒާރުކުރާކަން އާންމުކޮށްފައިވަނީ އާއިލާ އާއި ގާތް ފަރާތެކެވެ.
ބޭރުގެ ނޫހަކަށް އޭނާ ދިން ގޮތުގައި، ސޯފީ އާއި ޖޯ ބޭނުންވަނީ އެ ވާހަކަ ވީހާވެސް މަދު ބަޔަކަށް އަންގައިގެން އުޅޭށެވެ. އަދި ސޯފީ ބަނޑުބޮޑުވި ވާހަކަ ވީހާވެސް މީޑިއާ އާ ދުރުގައި ގެންގުޅެން ދެމަފިރިން ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ.
އެ ދެމަފިރިން އެންމެ ފަހުން އެކީގައި ފެނިފައިވަނީ ދާދި ފަހުން ބޭއްވި ގްރެމީ އެވޯޑްސް ހަފްލާގެ ތެރެއިންނެވެ. އެޝޯއަށް ސޯފީ ގޮސްފައިވަނީ އޭނާގެ ފިރިމީހާ ޖޯ ޕާފޯމް ކުރާތީ ސަޕޯޓުކުރުމަށެވެ.
އެކީގައި އުޅުމަށްފަހު ސޯފީ އާއި ޖޯ ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހު އެވެ. ދެމީހުން ކައިވެނިކޮށްފައިވަނީ ބިލްބޯޑްސް މިއުޒިކް އެވޯޑްސް އަށް ފަހު އެވެ. އަދި ދެމީހުންގެ ކައިވެނި ވެގެން ދިޔައީ ބޮޑު ސަޕްރައިޒަކަށް ކަމަށް ފޭނުން ބުންޏެވެ.