ކަނޑުތައް ގަދަވެ ރަށްރަށަށް އުދަ އަރާފާނެ ކަމަށް ލަފާކޮށްފި

މަކުނުދޫ އަށް މީގެ ކުރިން އުދައަރާފައި-- ފޮޓޯ: މަކުނުދޫ ކައުންސިލް

ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ބައެއް ރަށްރަށް އުދައިގެ އަސަރު ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް 48 ގަޑިއިރު ވައިގަދަވެ ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްރަށް އުދައިގެ އަސަރު ކުރާނެ ކަމަަށްވެސް އެ އޮފީހުން ބުންޏެވެ.

ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި އިރު އުތުރާއި އިރުން ދެކުނުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ.

ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާ ކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރިއެވެ.

comment ކޮމެންޓް