ގޯލްޑް 100ގެ ޕްލެޓިނަމް ޕާޓްނަރަކީ މިއަހަރުވެސް ބީއެމްއެލް

ގޯލްޑް 100ގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް ހަމަޖެއްސުން-- ފޮޓޯ/ބީއެމްއެލް

ގޯލްޑް 100ގެ ޕްލެޓިނަމް ފާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިއީ ބީއެމްއެލްއިން މި އެވޯޑު ދިނުމުގައި ޖެހިގެން ޖެހިގެން ބައިވެރިވާ ހަތަރުވަނަ ފަހަރެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް އެވެ. އަދި އޯރކާ މީޑިއާ ގުރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

ގޯލްޑް 100ގެ ޕްލެޓިނަމް ޕާޓްނާ ސްޕޮންސާޝިޕްއާ ގުޅޭގޮތުން ބީއެމްއެލްގެ ޑިރެކްޓަރު އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ކޯޕަރޭޓް މޯލްޑިވްސްއާއެކު މިއަހަރު ވެސް ގޯލްޑް 100ގެ ޕާޓްނަޝިޕް ގާއިމުކުރެވޭ ކަމީ އެ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލްއިން ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ މިންވަރު ވެސް މީގެ ކުރިއާ އަޅާބަލާއިރު އިތުރު ކުރަމުން ގެންދާ ކަމަށް ކުލްދީޕް ވިދާޅުވި އެވެ.

މިދިޔަ އަހަރު ބީއެމްއެލްއިން ވަނީ އައްޑޫ ސިޓީ، ހުޅުމާލެ އަދި މާލޭގައި ތިން ބިޒްނަސް ސެންޓަރު ހުޅުވާފައެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެ ސެންޓަރުތަކަށް ކަނޑައަޅާފައިވާ ރިލޭޝަންޝިޕް މެނޭޖަރުންގެ ފަރާތުން ވިޔަފާރިއާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މާޗަންޓު ހިދުމަތްތަކަށް އެދި ހުށަހެޅުމަށް އެހީތެރިކަން ލިބިގެންދާނެ އެވެ.

ގޯލްޑް 100އަކީ އަހަރެއްގެ މުއްދަތުގައި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ވިޔަފާރި ހޮވައި، އެ ވިޔަފާރިތަކުން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އޯކާ މީޑިއާ ގުރޫޕުގެ ދަށުން ހިންގާ ވިޔަފާރި އަދި ހޮސްޕިޓަލިޓީ ހަބަރު ގެނެސްދޭ ކޯޕަރޭޓް މޯލްޑިވްސް މަޖައްލާއިން ދޭ އެވޯޑެކެވެ.

އެވޯޑު ލިބޭ ކުންފުނިތައް ހޮވުމަށްޓަކައި މިނިވަން ކޮންސަލްޓެންސީ ފާމެއް ކަނޑައަޅާފައިވާއިރު، މިއީ ވަނަ ހޮވާ އުސޫލުން ތަރުތީބުކޮށްގެން އެކުލަވާލާ ލިސްޓެއް ނޫނެވެ.

މި އަހަރުގެ ގޯލްޑް 100ގެ ގާލާ މި މަހުގެ 25 ވަނަ ދުވަހުގެ ރެ އެވެ. އަދި މި މަހުގެ 23 އަދި 24 ވަނަ ދުވަހު ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްނަސް އެކްސްޕޯ 2020 ވެސް އޮންނާނެ އެވެ.

https://sun.mv/130406

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯގައި ރާއްޖޭގެ ވިޔަފާރި ކޮމިއުނިޓީގައި ހިމެނޭ ގިނަ ކުންފުނިތަކަކުން ބައިވެރިވާނެ އެވެ. އެގޮތުން އެ އެކްސްޕޯގައި 150 ތަފާތު ދާއިރާއެއްގެ ވިޔަފާރިއާއި އަދި ވިޔަފާރި ދާއިރާގެ 1،500 އަށް ވުރެ ގިނަ ތަޖުރިބާކާރުންނާ ބައްދަލު ކުރެވޭނެ ކަމަށް އޯކާ މީޑިއާ ގްރޫޕުން ބުންޏެވެ.

ސަން މީޑިއާ ގްރޫޕަކީ މި ދެ ހަރަކާތުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރެވެ.

comment ކޮމެންޓް