ގޯލްޑް 100 އަދި ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރުކަމަށް އެމްޓީސީސީ

ގޯލްޑް 100 ގެ ޕާޓްނަރުކަމަށް އެމްޓީސީސީ ހަމަޖެއްސުން --- ފޮޓޯ/ އޯރކާ މީޑިއާ ގްޜޫޕު

މި އަހަރުގެ ބާއްވާ ބިޒްނަސް އެކްސްޕޯއާއި ގޯލްޑް 100 ގާލާގެ ގޯލްޑް ޕާޓްނަރަކަށް އެމްޓީސީސީ ހަމަޖައްސައިފިއެވެ.

ރާއްޖޭގެ އެންމެ ރަނގަޅު 100 ކުންފުނި ހޮވާ ކޯޕަރޭޓް މޯލްޑިވްސްގެ "ގޯލްޑް 100" އަދި ވިޔަފާރިތަކުގެ ނެޓްވޯކިންގް އިވެންޓް ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރުކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީ އަދި އޯރކާ މީޑިއާ ގްރޫޕުގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

ކޯޕަރޭޓް މޯލްޑިވްސްއަކީ އޯރކާ މީޑީއާ ގްރޫޕުގެ ދަށުން ހިންގާ ވިޔަފާރި އަދި ހޮސްޕިޓެލިޓީ މަޖައްލާއެކެވެ.

އޯރކާ މީޑިއާ ގްރޫޕުން ބުނާ ގޮތުގައި، ގޯލްޑް 100 ލިސްޓުގެ އަމާޒަކީ ރާއްޖޭގެ ވިޔަފާރީގެ މުޖުތަމައުގެ ބައިވެރިންގެ އަގު ވަޒަންކުރުމެވެ. މި ލިސްޓު އެކުލަވަނީ ދެފުށް ފެންނަ އަދި އަދުލުވެރި ކްރައިޓީރިއާއެއްގެ ދަށުންނެވެ.

ގޯލްޑް 100 ކުންފުނިތަކުގެ ލިސްޓު އެކުލަވާލެވެނީ މިންކުރެވޭ ތަރުތީބަކުންނެވެ ނޫން ކަމަށާއި ލިސްޓު ތަރުތީބުކުރަނީ ކުންފުނިތަކުގެ ނަމުގެ އިނގިރޭސި ތަރުތީބުން ކަމަށްވެސް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެ އެވެ.

މި އަހަރުގެ ގޯލްޑް 100 އެވޯޑު ދޭ ގާލާ އޮންނާނީ ފެބްރުއަރީ 25 ވަނަ ދުވަހުގެ ރެ އެވެ. އަދި ފެބްރުއަރީ 23 އަދި 24 ވަނަ ދުވަހު ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްނަސް އެކްސްޕޯ 2020 ވެސް އޮންނާނެ އެވެ.

https://sun.mv/130406

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯގައި ރާއްޖޭގެ ވިޔަފާރި ކޮމިއުނިޓީގައި ހިމެނޭ ގިނަ ކުންފުނިތަކަކުން ބައިވެރިވާނެ އެވެ. އެގޮތުން 150 ތަފާތު ދާއިރާއެއްގެ ވިޔަފާރިއާއި އަދި ވިޔަފާރި ދާއިރާގެ 1،500 އަށް ވުރެ ގިނަ ތަޖުރިބާކާރުންނާ ވެސް އެތަނުން ބައްދަލުކޮށް ހެދޭނެކަމަށް އޯރކާ މީޑިއާ ގްރޫޕުން ބުންޏެވެ.

ސަން މީޑިއާ ގްރޫޕަކީ މި ދެ ހަރަކާތުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރެވެ.

comment ކޮމެންޓް