ސެފްރޯން - 47

އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

މަތީ ފަންގިފިލާއިން އަންހެނެއްގެ އަޑު އިވުމުން އާރްޔާ އެނދުން ފުންމައިލިއެވެ. ނިދާހެދުމުގެ މަތިން ގައުނެއް ލައިގެން ސްކާފްއެޅުމަށްފަހު މަޑު ފައިވާން ފަޔަށް މަހައިލުމަށްފަހު ބާރުބާރަށް ސިޑިއާއި ދިމާލަށް ހިނގައިގަތެވެ.

"އެ ވިޗްގަނޑު ދަމާ ނެރެލާނަން. އަނެއްކާ ރުއާނާތަ؟ އެކުއްޖާ ސެފްއާއިހެދި މޮޔަވެގެން އުޅެނީ. ހީޒް މައިން. އޮންލީ މައި މޭން....ކީކޭ ހީކޮށްގެންތަ؟ ޑޯންޓް ޓެސްޓް މައި ޕޭޝަންސް..." އާރްޔާ ދޮރު ހުޅުވައިލީ ތަންކޮޅެއް ބާރަށެވެ. ހިތާހިތުން އެތިވަރު ގޮވިޔަސް ގަދަޔަށް ތުންފިތާލާފައެވެ. ކުޑަކޮށް ބުމަ ކައިރިކޮށްލައިގެން ދަތްޕިލާ ޖައްސާ ބާރުކޮށް އަތްފުޅާކޮށްލައިގެން އައިގޮތުން ހަމަލާއަކަށް ތައްޔާރުވެލައިގެން ހުރި ފަދައެވެ.

"ކްއީން އާރްޔާ. ހަމަ ރަގަޅު ގަޑިއަށް ތިއައީ..............." ޒޭބް "ކްއީން އާރްޔާ"އޭ ކިޔައިލީ ޖެއްސުން ކުރާ ފާޑަކަށެވެ." އަހަރެމެން މިދައްކަނީ ހަމަ އާރްޔާގެ ވާހަކައޭ.."

އެތެރޭގައި ތިބިމީހުންގެ މޫނަށް ނަޒަރު ހުއްޓާލުމަށްފަހު ރުޅިވެރިކަން ވަގުތުން ފިލާ ބިރުވެރިކަމުގެ އޮއިވަރު އާރްޔާގެ ލޭގައި ހިނގާލައިފިއެވެ. ޒޭބްއާއި ލޫސިއަސްގެ އަދާވާތްތެރިކަން އޭނައަށް އެނގިފައިވެއެވެ. ޝާހީ ޖިންނިން މިގަޑީގައި ގަނޑުވަރަށް އައުމަކީ ރަގަޅު ފާލެއްނޫނެވެ. ނިޔަތް ރަގަޅެއްނުވާނެއެވެ. އައިގޮތަށް ސެފްރަންގެ އަތުގައި އަތް އަޅުވައިލީ ހިމާޔަތްދޭފަދަ ގޮތަކަށެވެ. އޭނަ ގުރުބާންވެގެންވެސް މި "ޝައިތާނުން" ގެ ފަރާތުން ސަލާމަތްކޮށްދޭން މަސައްކަތްކުރާނެއެވެ.

"ހެހެ..." ޒޭބްއަށް އާރްޔާގެ އެ ވަރުގަދަ ޖަޒުބާތު ކިތަންމެ ރަގަޅަށްވެސް އެނގުނެވެ. ޖިންނީންނާއި ޝައިތާނުންނަށް އިންސާނުންގެ ބިރުގަތުމުގެ ނާޖާއިޒު ފައިދާ ކިތަންމެ ރަގަޅަށްވެސް ނެގިދާނެއެވެ. ޝައިތާނުން ސިކުނޑިއަށް ވެރިވެގަންނަނީވެސް ހިތާމަ ބިރު ރުޅިފަދަ ޖަޒުބާތްތައް އެންމެ ވަރުގަދަވެ ބަލިކަށިކޮށްލާ ހިނދުއެވެ. އާރްޔާގެ ދެލޮލުންވެސް އެވަގުތު ފެނުނީ އެފަދަ ބިރުވެރިކަމެކެވެ.

"ކީއްކުރަން މިގަޑީގައި. ވަޓް ޑޫ ޔޫ ވޯންޓް ޕްރިންސެސް ޒޭބް.." އާރްޔާގެ ކަރުތެރެ ހިކި ވާހަކަދައްކަން އުދަގޫވިއެވެ.

"ރިލެކްސް އާރްޔާ..." ސެފްރަން އާރްޔާގެ މޫނަށް ބަލައިލަމުން އޯގާތެރިކަމުން ފުރިފައިވާ ރާގެއްގައި ބުންޏެވެ.

އާރްޔާގެ ކޮންމެ އަމަލަކުންވެސް ސެފްރަންދެކެ ވާ ތެދުވެރި ލޯބި ސާބިތުކޮށްދެއެވެ. ދޭ ހަދިޔާތަކުން ފެށިގެން ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކުރަހާފައިވާ ތަސްވީރުތައް ފަދަ ކުދިކުދި އާދައިންވެސް އެކަން ހާމަވެއެވެ. ސެފްރަން އާރްޔާދެކެ އެވަރަށް ލޯބިވޭބާވައޭ ވެސް އަމިއްލަ ނަފުސާއި ސުވާލުކުރެވެއެވެ.

"ސެފްރަން ދޮގުހަދައިގެން އާރްޔާގެ ހިތް ހަމަޖައްސައިދޭނެ ކަމެއްނެތް. ބުނެބަލަ ތިމަންނަ އެހެން ދުނިޔެއަކަށް ހިޖުރަކުރަނީއޭ. އެތަނުން އަނބުރާ ނާދެވޭނެއޭ. އާރްޔާ ޖެހޭނީ އޭނަގެ ބައްޕަމެންގާތަށް ރަށަށް ދާށޭ...." ޒޭބް މަލާމާތުގެ ގޮތަކަށް ހީލިއެވެ.

"ނޫން ނޫން. ޕްލީޒް ޑޯން ޓޭކް ހިމް އެވޭ ފްރޮމް މީ............" އާރްޔާ ސެފްރަންއާއި އަދިވެސް ގާތަށް ޖެހިލިއެވެ. ދެލޮލުން ކަރުނައިގެ ތިކިތައް ވިދައިލިއެވެ. "ސެފް ކިހިނެއްވީ؟ އެންމެ ރަގަޅުވާނީ ވީހާވެސް އަވަހަށް ސްވިޒަލޭންޑަށް ފެމިލީ ކައިރިއަށް ދެމީހުން ދިޔައިމަ. އެންމެންވެސް ސެފްއާއި ރުހޭނެކަން ޔަގީން.."

"މޮޔަކުއްޖާ. އަނދިރިކަމުގެ ތެރެއިން ނުކުމެވި ހަގީގަތާއި ކުރިމަތިލީމަ ތިހާ ފަސޭހަ ކަމެއްނޫންކަން ވިސްނިދާނެ. ކުޑަކުޑަކުއްޖެއްގެ ގޮތުގައި ހުއްޓާ ޖިންނީންގެ ދުނިޔެއަށް އައީމަ ވަރަށް ގިނަ ކަންތައް ނޭގި އޮތީ. އާރްޔާގެ ބޮޑުބޭބެ ޖާސިމްވެސް ޖިންނި ރަސްދަރިކަނބަލަކާއި ކައިވެނި ކުރި. އާއިލާއަށް ހަގީގަތް އެނގިގެން އެންމެފަހު ޕަރީ ފުޅިއަކަށްލާފައި ކަނޑަށް ފައްތައިލީ. އެޕަރީއަކީ ކާކުކަން އެނގޭތަ؟ އަހަރެމެންގެ ދައްތަ. ޒަންދު ޕަރީ. ޝެހެންޝާހު ޚުސްރޫގެ ދަރިފުޅު. ވީއިރު މި ދެއާއިލާގެ ދުޝްމިންކަން އިތުރުކުރަން އަދިވެސް ބޭނުންވަނީ؟ ކިރިޔާ ހުޅުނުހިފާކަން. އެހާވެސް ނަފްރަތުގެ އަލިފާން ވަރުގަދަ. ޒަންދުގެ ދަރިންތައް ބިކަ ހާލުގައި އެތަންމިތާ އުޅުނީ. އާރްޔާ ލޯބިވި ބޭބެ އާރިޒްއަކީ ޒަންދުގެ ދަރިއެއް. އާރްޔާގެ މަންމަގެ ދަރިއެއްކަމަށް ހީކުރުވާފައި އޮތަސް ބަލްސަމްގެ ދަރިއެއް ނޫން. ވީމަ އާރްޔާއަށް އެންމެ ރަގަޅުވާނީ ސެފްރަންއާއި ވަކިވިއްޔާ. މަސްލަހަތަށްޓަކާ ލޯބި ގުރުބާން ކުރޭ..." ޒޭބް އަމުރުވެރި ގޮތަކަށް ބުނެލިއެވެ.

އާރިޒްގެ ހަގީގަތް އެނގުމުން އަނގަމަތީ އަތް އަޅާލައިގެން އާރްޔާއަށް ހުރެވުނެވެ.

"އޯ މައި ގޯޑް..." އާރްޔާ ސެފްރަންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. ޒޭބްގެ ވާހަކަތަކަކީ ތެދެއްކަން ޔަގީންކޮށްލަން ސެފްރަންގެ ފަރާތުން ބޭނުންވީއެވެ. ސެފްރަންއަށްވެސް އެނގޭނީ ބަޔަކު ބުނާ އެއްޗެއްތާއެވެ. އޭނަ ވުޖޫދަށް ގެނައީ ކޮން ބަޔެއްކަންވެސް އަދިވަނީ އަނދިރީގެ ތެރޭގައެވެ. ބައްޕައަކީ ކާކުކަމެއް ޚުދު އޭނައަކަށްވެސް ނޭގެއެވެ.

"އާރްޔާ ސެފްރަންއާއި ތަތްވާން އުޅޭނެކަމެއް ނެތް. ރަށަށްދާން ތައްޔާރުވޭ..." ޒޭބް ލޯ އަޅައިލިއެވެ.

"ދުވަހަކު ތިކަމެއް ނުވާނެ އިންޝާﷲ..." އާރްޔާ ބުނެލިއެވެ.

"ނޫނީ ބާރުގެ ބޭނުން ކުރަން ޖެހިދާނެ. ތެދެއް މިބުނީ." ޒޭބް އިންޒާރުދިނެވެ.

"ސެފް ކޮންމެވެސް އެއްޗެކޭ ބުނެބަލަ...ވައި އާ ޔޫ ސައިލެންޓް..........................." އާރްޔާ އެދުނެވެ.

"އަހަރެމެން ދުރުކުރެވޭނެ ބާރެއް ﷲ ސުބުހާނަހޫ ވަތައާލާ ފިޔަވާ ނުވޭ. އަހަރެމެން އެކީ އުޅޭތީ ޒޭބްއަށް އުދަގޫވާ ސަބަބު އެބަ އެނގޭ. ޒޭބްއަށް ރަސްކަން ދީފާނަން. ކުދިން ބޮޑުވާންދެން. އަހަރެންވެސް ގަބޫލުކުރާގޮތުން ރަސްކަމުގެ ހަގީގީ ވާރިސުންނަކީ އެކުދިން. އަހަރެމެން އެއްވެސް އެއްޗެއް ބޭނުމެއްނޫން. އާއިލާ ރަސްކަން އަދި ދުނިޔެއާއިހެދި މޮޔަވެގެން އުޅޭ މީހެއްނޫން. ޔޫ ކެން ހޭވް އިޓް އޯލް ސިސް..." ސެފްރަން ހިތްހަމަނުޖެހުނަސް ޒޭބް ދައްތައަށް ވީތީ މުޚާތަބު ކުރީ އަދަބުވެރިކޮށެވެ.

"އަހަރެެންނަކީ ސެފްރަންގެ ބެލެނިވެރިން. ކިޔަމަންތެރިވޭ.." ޒޭބް ލޯ ހަނިކޮށްލިއެވެ.

"މިހުރިހާ ދުވަސްވާންދެންވެސް ތި ޕޭރެންޓުންނެއް ނެތް. މިހާރު ކްލެއިމް ކުރިޔަސް އެހެނެއް ނުވާނެ. އައި ހޭވް ނޯ ވަން... އަދި މިބުނީ މުޅިން ރަގަޅަކަށް ނޫން. އައި ހޭވް އާރްޔާ. ޝީޒް އޯލް އައި ހޭވް. އަހަންނާއި އާރްޔާ ވަކިނުކުރޭ. ޝީޒް މައި ލައިފް. މިއީ އުމުރު ދުވަހުވެސް އެދޭނެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ އެދުން. އާރްޔާ ހިނގާ ދަމާ...." ސެފްރަން ޒޭބްއާއި ލޫސިއަސްއާއި ހަތަރުކަޅި ހަމަކޮށްލަމުން އެހެން ބުނެލީ އެ ޖިންނިންގެ ބާރު އޭނައަށް އެނގޭތީއެވެ. އާރްޔާއާއި ވަކިކޮށްފިނަމަ އާރްޔާގެ ހިތް ހަލާކުވެދާނެއެވެ. އަދި އޭނަގެ ދިރިއުޅުންވެސް އެހިސާބުން މާނައެއް ނެތް އެއްޗަކަށްވީއެވެ.

"ޔާﷲ. ހެލްޕް މީ. ޔޫ އާ ދަ އޮންލީ ވަން.........."ސެފްރަން ހިތާހިތުން ދުޢާކޮށްލުމަށްފަހު އާރްޔާގެ އަތުގައި ހިފައިގެން ދާންވެގެން އެނބުރުނެވެ.

ޒޭބްގައިގާ ހުޅު ނުހިފީ ކިރިޔާއެވެ. ސެފްރަންގެ ނޭއްގާނިކަން އޭނަގެ ހިތުގައި ނިވުމެއްނެތް އަލިފާނެއް ރޯކުރުވައިފިއެވެ. އޭނަގެ ކުދިންނަށް މާ ހެޔޮވާކަމަށް ހެދިގެން އުޅުނަސް ސެފްރަންގެ ހިތް ނުބައީކަމަށް އޭނަ ދެކުނެވެ. އޭނަގެ ހަޔާތް ބަރުބާރުކޮށްފައި ސެފްރަންއަށް ހަމަޖެހޭ ދިރިއުޅުމެއް ވޭތުކުރުމަށް އޭނަ ދުލެއް ނުކުރާނެއެވެ. ސެފްރަން އެގޮތަށް ދިޔަކަ ނުދޭނެއެވެ.

ކުއްލިއަކަށް ޒޭބް ވިދައިލި ވިދުވަރެއްހެން ފުންމައިގެންގޮސް ސެފްރަންގެ ގަޔަށް ކަނޑީގެ އެތިފަހަރެއް ބޭލިއެވެ.

ސެފްރަންގެ ދިގުވެފައިވާ ވަރަ ވިއްސައިގެންގޮސް މާ ދުރުގައި ޖެހުމާއެކު ލޭތައް އޮހިގަތީ ކޯދުލާފައެވެ.

އާރްޔާގެ އަތުތެރެއިން ސެފްރަންގެ އަތްތިލަދޫ ވުމުން ހިފަހައްޓަން މަސައްކަތްކުރިޔަސް އޭނައަށް އެކަން ކާމިޔާބެއް ނުވިއެވެ. ސެފްރަން ބަންޑުން ކަހަލަ ގޮތަކަށް ތަޅުންމަތީ ޖެހުނެވެ. ގަނޑުވެފައި ކަހަލަ ގޮތަކަށް ބަލަން ހުރި ކުއްލިއަކަށް އަރި އަޅާލައިފިއެވެ. ފެނުނު މަންޒަރުން ހިތަށް ކެތްނުކުރެވިގެން ޚަބަރު ހުސްވީއެވެ.

ލޯ މެރެމުން ދިޔަ ވަގުތު ޒޭބްއައި ހަތަރުކަޅި ހަމަވީއިރު އެލޮލުން ޝަކުވާ ފެނުނު ކަހަލައެވެ.

"ޒޭބް......ކީއް ތިކުރީ؟" ލޫސިއަސް ނުރުހުމުގެ ނަޒަރަކުން ޒޭބްއަށް ބަލައިލާފާ އަވަސްވެގަތީ ބިންމައްޗަށް ވެއްޓިފައި އޮތް ސެފްރަންއަށް އެހީތެރި ވުމަށެވެ. ޒަޚަމުން ލޭ މަނާކުރަން ފޮތިގަނޑަކުން އައްސާލިއެވެ. ސެފްރަން އަތްދަނޑިމައްޗަށް ނަގައިގެންގޮސް އެނދުގައި ބޭއްވިއެވެ. އަދި ހަކީމަކަށް ވަގުތުން އެތަނަށް ހާޟިރުވާން އެންގިއެވެ. އާރްޔާވެސް ގެނެސް ސެފްރަންގެ ގާތުގައި ބޭއްވުމަށްފަހު ދެކުދިން ހޭ އަރާނެ ވަގުތެއްގެ އިންތިޒާރުގައި ލޫސިއަސް ހުރިއިރު ފުން ވިސްނުމެއްގައި ހުރިކަން އެނގުނެވެ.

"ސެފްރަންއަށް ކަމެއް ވެއްޖެއްޔާ ވަރުގަދަ ހުކުމެއް އަންނާނެ. ތިމާގެ ކޮއްކޮއަކަށް ތިހާ ހިތް ނުބައި އަންހެންކުއްޖެއް ދުނިޔޭގައި ހުންނާނެކަމެއް ނޭގޭ....................................... ބައްޕާފުޅު ހުކުމްކުރައްވާނީ ދީނުގައި އަންގަވާފައިވާގޮތަށް ކަން ރަގަޅަށް އެނގޭނެ. ކުށެއްނެތި ފުރާނައެއް ދުއްވައިލީމަ އޮތް ހުކުމް އެނގޭތަ؟ " ލޫސިއަސް އެހިއެވެ.

"ހެޔޮނުވާނެ ލޫސި އެއްވެސް ފަރާތަކަށް މިކަން ނާންގައްޗޭ. އާދޭސްކުރަން.." ޒޭބް ބިރުގެންފައި ލޫސިއަސްގެ ފައިތިލަ މައްޗަށް ވެއްޓިގަތެވެ. "މާފު..."

"މާފަށް އެދެންވާނީ މަގޭ ގާތަކުން ނޫން. ފުރަތަމަ ތައުބާވޭ..." ލޫސިއަސް އެންގިއެވެ.

ޒޭބްއަށް އެއްޗެއް ވިސްނައިދޭން ލޫސިއަސް މަސައްކަތްކުރިއެވެ.

"ޒޭބް ބުނެބަލަ. ކޮބާ ސެފްގެ ކުށަކީ؟ އެކުއްޖާ ދުނިޔެއަށް އައީ އޭނަ އަމިއްލައަށްތަ؟ މަންމައަކާއި ބައްޕައަކު މެދުވެރިވެ ދުނިޔެއަށް ގެނައީ. މަންމައާއި ބައްޕަ އަދި އެތައް ބޭބެމެންނާއި ދައްތައެއްގެ ތެރޭ ގަނޑުވަރެއްގައި އެންމެންގެ ލޯބި ލިބިގެން ބޮޑުވާންވީ ކުއްޖާ ދުނިޔެއަށް އައިތަނުން ސުންޕާ ކުއްޖެއްގެ ގޮތުގައި ބެލުނީ. އުފަންކުރި މަންމަ އެކުއްޖާ އެއްލައިލީ. ބަނޑުހައިވެގެން އެކުއްޖާ ރޯނެވަރާއި އެތުއްތު ފުރާނައަށް ލިބުނު އަނިޔާތައް އެހެން މީހަކަށް ވިސްނުނުތަ؟ އެއްވެސް ގާތް ފަރާތެއްގެ ލޯބި ނުލިބި ހުރެ ބޮޑުވެގެން އަޅުވެރި ރަގަޅު މަގު ޚިޔާރުކުރީ. މާތްﷲ ޔަތީމުންނަށް ރައްކާތެރިކަން ދެއްވާނެ. އަދި އެހީތެރިވެވޮޑިގަންނަވާ. އަނިޔާލިބިފައިވާ މީހުންގެ ދުއާވެސް އިޖާބަކުރައްވާ. ބަލައިލަ. މިހާރު ސެފްރަންއަކީ މިތާގެ ރަސްގެފާނު. އަހަރެމެން އެކަކަށްވެސް އަދި އެ ފަޚުރެއް ނުލިބޭ އެކަމަކު ސެފްރަންއަށް ވެރިކަން ދެއްވައިފި. އަދިވެސް ޒޭބް ފިލާވަޅެއް ލިބިގަންނަން ނުވޭތަ؟ "

ލޫސިއަސްގެ ދަރުސް އަޑުއަހަން ހުރި ޒޭބްގެ ހިތަށް ތަފާތު އަސަރުތަކެއް ކުރުވިއެވެ.

"ޒޭބްއަށް ތި ދިމާވަނީ ސެފްރަންގެ ސުންޕާކަން ކަމަށް އަދިވެސް ގަބޫލުކުރަނީތަ؟ހަގީގީ ސަބަބަކީ ކުށެއްނެތް ފަރާތަކަށް އަނިޔާވެރިވުންކަމަށް ވެއްޖެއްޔާ...." ލޫސިއަސް ޒޭބްގެ ދެއަތުގައި ހިފަ ތެދުކުރުވިއެވެ.

"ލޯބިވާ ކޮއްކޯ. ވަގުތު ފާއިތުވުމުގެ ކުރިން ހިތުގައިވާހާ ނުބައިކަމަކަ ހަސަދައެއް ފިލުވާ މާފުކުރަން ދަސްކުރޭ. ގާތްތިމާގެކަމުގެ ގުޅުން ކަނޑާނުލަ. އެއީ ޒޭބްގެ ކޮއްކޮއެއް. އަނިޔާލިބިފައިވާ ކުޑަކޮއްކޮ. އަހަރެމެން އެންމެންނަކީ އޭނަގެ ކުށްވެރިން. ކުށެއްނެތް މައުސޫމް ފުރާނައަކަށް އަނިޔާވެރިވެ ބާކީކޮށްލީތީ އެކަމުގެ ސަޒާ އެންމެނަށް އެކި ގޮތްގޮތަށް ދެއްވައިފި........." ލޫސިއަސްގެ ޖުމްލައިން ޒޭބްގެ ހިތަށް ތަދުވެއްޖެއެވެ.

ސެފްރަންއާއި ދިމާލަށް ބަލައިލެވުނީ ކަރުނުން ފުރިފައިވާ ލޮލަކުންނެވެ. ހަގީގަތުގައިވެސް އޭނަގެ ފިރިމީހާއާއި ދަރިންނާއި ވަކިވުމުގެ ބިރުވެރިކަން އުފެދި ހަޔާތަށް އައި ޒަލްޒަލާއަކީ އޭނަގެ އަނިޔާވެރިކަމުން ކުރިމަތިވި ކަންތައްގަނޑެއްހެއްޔެވެ؟ ދުނިޔެމަތީގައި ސަޒާ ލިބުނީބާވައެވެ. އަނިޔާލިބޭ މީހުންގެ ދުޢާ އިޖާބަކުރައްވާ ވާހަކަ އޭނަވެސް ދަނެއެވެ. ސެފްރަންގެ ބަދު ދުޢާ ޖެހުނީބާވައެވެ.

އަދިވެސް އެހިތުގައި ސެފްރަންއަށްޓަކާ ލޯބީގެ ކުނޑިފަށެއްވެސް ނެތެވެ. ނަމަވެސް ލޫސިއަސް ދެއްކި ވާހަކަތައް ގަބޫލުކުރެވިއްޖެއެވެ.

"އަޅުގަނޑު ދެން ހަދަންވީ ކިހިނެއް؟ ޖެހިގެން މިއުޅެނީ ކޮންފަދަ ބޮޑު ހިތާމައެއް. ސެފްރަން އަކާއި ދިމާވިފަހުން ހުރިހާ އުފާތައް ވަކިވެއްޖެ. އެހެންވެ އޭނަދެކެ ނަފްރަތުކުރެވެނީ......."

ޝާހީ ހަކީމް އައުމުން ލޫސިއަސް އެހީތެރިވާންފެށިއެވެ. ޒޭބްގާތު ހޫނު ފެންގެންނަން ލޫސިއަސް ބުނެލުމުން ކުރަން ނުކުރަން ހުރެފައި ބަދިގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. ނަފްރަތުކުރިޔަސް އޭނަ ސެފްރަންއަށް އެހީތެރިވާން ފަށައިފިއްޔާ އޭގެ ބަދަލުގައި އުފާވެރިކަން މިންވަރުކުރައްވަފާނެއެވެ.

"އާރްޔާގެ މޫނުގައިވެސް ފެންކޮޅެއް ލައިބަލަ...." ލޫސިއަސް އެދުނެވެ.

ޒޭބް ރިހިކުލައިގެ ބޯތަށްޓަކަށް ފެން އަޅާފައި ކަފަކޮޅެއް ތެންމާލާފައި މޫނުގައި ހާކައިލިއެވެ. އާރްޔާގެ މޫނަށް އަރާފައިވާ ހުދުކުލަ ކެނޑި މަޑުމަޑުން ކެނޑި ފިޔާތޮށިކުލައަށް ބަދަލުވެއްޖެއެވެ. މަޑުމަޑުން އެސްފިޔަތައް ދުރުކޮށްލާފައި އެންމެ ފުރަތަމަވެސް ދުލުން ބޭރުވީ ސެފްރަންގެ ނަމެވެ.

"އެއީ ހުވަފެނެއްކަން ނޭގޭ..." އާރްޔާ ލޯވެސް ހުޅުވާނުލާ އޮވެ މަޑުމަޑުން ކިޔައިލިއެވެ. "ޔާﷲ ޕްރޮޓެކްޓް ހިމް ފްރޮމް އީވިލް...."

އާރްޔާ ތެޅިތެޅިވާ ހިތަކާއެކު ވަށައިގެން ނަޒަރު ހިންގައިލިއެވެ.


***

ގަންދީޝާ ހޮހަޅައިން ނުކުމެގެންގޮސް ގަސްކަރަމަތިން ގެއްލުމާއެކު އެލިއަސް އެތެރެއަށް ވަދެ އެއްފަރާތުގައި ނިވާވެލައިގެން ޔަޒަދަންޔާރުގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ.

"މިމީހާއަކީ މޮޔައެއްކަން ނޭގޭ. ހެދުން އަޅާފައި ހުރި ގޮތެއް. އިންސިންވެސް އުޅޭ ގޮތެއް ނޫނެއްނު.........." އެލިއަސްގެ ސިކުނޑީގައި އެކި ކަހަލަ ޚިޔާލުތައް އެނބުރެންފެށިއެވެ. ކުއްލިއަކަށް ޔަޒްދަންޔާރު ބުނެލި ޖުމްލައިން އެލިއަސް ޖިންނިއަކަށް ވިޔަސް ލޯ ބޮޑުކޮށްލެވުނެވެ. ހައިރާންވެ އަންތަރީސްވިއެވެ.

(ނުނިމޭ...)

https://sun.mv/130733

comment ކޮމެންޓް