ޖިންސީ ގޯނާގެ މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި

ފުލުހެއް ޔުނީފޯމުގައި: ޖިންސީ ގޯނާގެ މަައްސަލައިގައި ފުލުހުން ވަނީ ސިފައިންގެ މީހަކު ހައްޔަރުކޮށްފައި --

ޖިންސީ ގޯނާގެ މައްސަލައެއްގައި ފުލުހުން ސިފައިންގެ މީހަކު ހައްޔަރުކޮށްފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް މިއަދު މީޑިއާތަކަށް ވިދާޅުވީ، ފުުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސިފައިންގެ މީހަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ފުލުހުން އެމްއެންޑީއެފްއަށް ދީފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ސިފައިންގެ މީހާ ހައްޔަރު ކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގަ އެވެ.

މި މަހުގެ ތެރޭގައި ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕް ކުރި މައްސަލަ ފެންމަތިވި ފަހުން ގިނަ އަދެއްގެ އެހެން ރޭޕް މައްސަލައް ދަނީ ފެންމަތިވަމުންނެވެ. އެފަހުން ކުޑަކުއްޖަކު ރޭޕް ކުރި ދެ ސިފައިންގެ މީހެއްގެ މައްސަލަވެސް އަލުން ފެންމަތިވެފައިވެ އެވެ.

ކަނޑުހުޅުދޫ ރޭޕް މައްސަލަ ފެންމަތިވުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ބައްދަލުުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށާއި އެއްވެސް އަދަބެއް ނުލިބި އަދި ވެސް އެ މީހުން ދޫވެފައި ތިބި ކަމަށެވެ. ހައްޔަރު ކުރި ސިފައިންގެ މީހާ އަކީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

comment ކޮމެންޓް