ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވަނީ

މުހައްމަދު ޒާޙިރަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ފަތްކޮޅު ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ވަޒިފާއާ ބެހޭ ޓްރައިބިއުނަލުން ވަކިވެވަޑައިގަތުމަށް އެ ޓްރައިބުއިނަލްގެ ރައީސް މުހައްމަދު ޒާހިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.

ޓްރައިބިއުނަލުން އިސްތިއުފާ ދެއްވަން ނިންމަވައި އިއްޔެ ޒާހިރު ވަނީ ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ މި މަހުގެ އެންމެ ފަހު ދުވަހުން ފެށިގެން އޭނާ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ.

ޒާހިރު "ސަން"އަށް ވިދާޅުވީ، އޭނާ ޓްރައިބިއުނަލުން އިސްތިއުފާ ދެއްވީ އާއިލާގެ މީހެއްގެ އާލާސްކަންފުޅަކަށް ފަރުވާ ހޯދަން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހޭތީ ކަމަށެވެ.

މުހައްމަދު ޒާހިރު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަނުކުރެއްވީ ޖެނުއަރީ، 8، 2019 ގައެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އޭނާ އައްޔަނުކުރެއްވީ ސެޕްޓެމްބަރު، 4، 2019ގަ އެވެ.

comment ކޮމެންޓް