ވަރުން އާއި ނަތާޝާގެ ކައިވެނި މެއި މަހު

ވަރުން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ---

ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ބަތަލު ވަރުން ދަވަން 32،ގެ ކައިވެނި އަންނަ މެއި މަހު ކުރާ ގޮތަށް ހަމަޖައްސައިފި ކަމަށް ހަބަރުތައް ބުނެފި އެވެ.

ވަރުން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ނަތާޝާ ދަލާލް 30، އާ އެވެ. ވަރުން އާއި ނަތާޝާ ދިމާވީ ކިޔެވި ދުވަސްވަރެވެ. ދެމީހުންގެ ކައިވެނީގެ ވާހަކަތައް ދެކެވެމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.

ވަރުން އާއި ނަތާޝާ މިހާރު ކައިވެންޏަށް ތައްޔާރުވެފައިވާ ކަމަށާއި ވަރުން މިހާރު ބޭނުން ވަނީ އެންމެ އަވަހަކަށް ނަތާޝާ އާ ކައިވެނިކުރަން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެދެމީހުން ކައިވެނީގެ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ވަރުންގެ ކައިވެނި މެއި މަހު ކުރާއިރު އޭނާގެ "ކޫލީ ނަންބަރު 1" މެއި މަހުގެ ފުރަތަމަ ދުވަހު ރިލީޒްކުރާނެ އެވެ. ވަރުން އާ ނަތާޝާގެ ކައިވެނި ފުރަތަމަ ކުރަން ހަމަޖެހިފައި އޮތީ ނޮވެމްބަރު މަހު އެވެ. ނަމަވެސް ވަރުން ފިލްމީ މަސައްކަތުގައި މާ ބުރަވުމުން ކައިވެނި ފަސްކޮށްލީ އެވެ.

comment ކޮމެންޓް