އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

ސާނަވީ އިމްތިހާނު ނޫނީ އޯލެވެލްގެ ނަތީޖާތައް މިއަދު ދޫކުރަން ފަށައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު، ނޮވެމްބަރުގައި ބޭއްވި ސާނަވީ އިމްތިހާނުގައި 7000 އެއްހައި ދަރިވަރުން ބައިވެރިވި އެވެ.

ރާއްޖޭގެ 194 ސްކޫލެއްގައި ސާނަވީ އިމްތިހާނު ބޭއްވިއިރު އަމިއްލަ ގޮތުންވެސް ގިނަ އަދަދެއްގެ ދަރިވަރުން ވަނީ އިމްތިހާނު ހަދައިފަ އެވެ.

ސްކޫލުތަކުން ދަރިވަރުންގެ ނަތީޖާ މިއަދު ދޫކުރާއިރު ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) މެދުވެރިކޮށް އިމްތިހާނު ހެދި ކެންޑިޑޭޓުންނަށް ނަތީޖާ ދޫކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުއެވެ. އެ ޑިޕާޓުމެންޓުން ބުނީ ފެބްރުއަރީ ހަޔެއްގެ ނިޔަލަށް ނަތީޖާ ދޫކުރާނެ ކަމަށެވެ.

ޑީޕީއީ އިން ބުނީ ނަތީޖާ ރީޗެކް ކުރަން ބޭނުންނަމަ ފެބްރުއަރީ 13 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ސެންޓަރެއް މެދުވެރިކޮށް އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކަށް އެދި ހުށަހަޅާނީ ސެންޓަރަށް ކަމަށް ޑީޕީއީ އިން ބުންޏެވެ.

comment ކޮމެންޓް