މަސްތުވާތަކެއްޗާއެކު ޕްރިންސިޕަލަކު ހައްޔަރުކޮށްފި

މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް އަތުން ފެނުނު ޑްރަގްތައް --

މަސްތުވާތަކެއްޗާއެކު ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު ފުލުހުން އެރަށުގައި ހިންގި އޮޕަރޭޝަނެއްގައި ފަސް ގްރާމް މަސްތުވާތަކެއްޗާއެކު 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ ޒިންމާދާރު ވަޒީފާއެއްގައި އުޅޭ މީހެއް ކަމުން، ކަމާގުޅޭ އިދާރާއަށް އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައި ވަނީ އެރަށު ސްކޫލުގެ ޕްރިންސިޕަލް އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ލޯންޗަކުން އެރަށަށް ގެންދިޔަ ކޮތަޅެއް ހިފައިގެން ދަނިކޮށެވެ.

ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް