ބޮޑު ޗުއްޓީ ނައިޓްމާކެޓް އަންނަ މަހު ތިނެއްގައި

މީގެ ކުރިން ބޭއްވި ނައިޓްމާކެޓްއެއްގެ ތެރެއިން -- ސަން ފޮޓޯ

ބޮޑު ޗުއްޓީ އާ ދިމާކޮށް އަންނަ މަހު ތިނެއްގައި ނައިޓް މާކެޓެއް ބާއްވަން ނިންމައިފި އެވެ.

ރަސް ފަންނުގައި ބާއްވަން ނިންމާފައިވާ އެ ނައިޓް މާކެޓ އިންތިޒާމު ކުރަނީ ސްކައިލައިޓް އެޑްވަޓައިޒިންއިން އެވެ. އެ ފަރާތުން ބުނީ އެ ނައިޓް މާކެޓް އަންނަ މަހު 10 އަކާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.

އެ ނައިޓް މާކެޓްގައި 230 ވިޔަފާރި ސްޓޯލްގެ އިތުރުން ކުޅިވަރު ސްޓޯލްތަކާއި އަދި ފުޑްސްޓޯލްތައް ހުންނާނެކަމަށް ސްކައިލައިޓުން ބުންޏެވެ.

ނައިޓްމާކެޓްގައި ބައިވެރުވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު އެތަނުން ސްޓޯލް ދޫކުރަނީ މާރކެޓަށް ހާއްސަ ސޭލްސް އޮފީހަކުން ކަަމަށްވެސް ސްކައިލައިޓުން ބުންޏެވެ. ސްކައިލައިޓުގެ ހޮޓްލައިން ނަންބަރަކީ 7262251 އެވެ.

ސްކައިލައިޓުން ބުނީ އެ ނައިޓް މާކެޓްއަކީ މިހާރު ބާއްވަމުންދާ ނައިޓް މާކެޓްތަކުގެ ތެރެއިން އެންމެ ބޮޑު ނައިޓް މާކެޓަށް ވެގެންދާނެ ކަމަށެވެ.

އެ ނައިޓްމާކެޓަށް ދާ ފަރާތްތައް ޝައުގުވެރިކުރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ރާވާފައިވާ ކަަމަށާއި އޭގެ ތެރޭގައި ހާއްސަ ލަކީޑްރޯއަކާއި އަގުހުރި އިނާމްތަކެއް ހިމެނޭކަމަށްވެސް ސްކައިލައިޓްއިން ބުންޏެވެ.

comment ކޮމެންޓް