ބަލިފަޔާ އެކީ ސުނީގެ ހިތާނީ ޝޯތައް މިރޭ ފަށަނީ

ސުނީތާ ޝޯއެއްގައި --

ސްކޫލުތައް ބަންދުވުމާ އެކު އެންމެ ފޯރިގަދަވާނީ ހިތާނީ ގޭތަކުގަ އެވެ. ގިނަ ގޭގޭގައި ހިތާނީ ފޯރި ވަރަށް ގަދަ ކޮށްލާނެ އެވެ. ހިތާނީ ކުލަވަރު އިތުރަށް ގަދަކޮށްލުމުގައި ގޭތަކުގައި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.

ޝޯތައް ދިނުމުގައި ކޮންމެ އަހަރަކު ވެސް އެންމެ ކުރީގައި އުޅޭ ފަންނާނަކީ ކުޅަދާނަ ނެށުންތެރިޔާ ސުނީތާ އަލީ(ސުނީ) އެވެ. ސުނީގެ ޝޯތަކުން ހިތާނީ އުފާ އިތުރަށް ފުރިހަމަކޮށްލަދެ އެވެ. ބެލުންތެރިން އެންމެ ގަޔާވަނީ ސުނީގެ ނެށުންތަކަށެވެ. އެ ނަގާ ފޯރިއަށެވެ.

މި ފަހުން ސުނިގެ ފަޔަށް އިންޖަރީވެގެން ޝޯއެއް ކެންސަލްކުރަން ޖެހުނު ނަމަވެސް ސުނީ ބުނީ މާދަމާ ރެއިން ފެށިގެން ޝޯތައް ދޭން ފަށާނެ ކަމަށެވެ.

ސުނީ ބުނީ މާލެއިން ބޭރުން ވެސް ގިނަ ޝޯތަކެއް ލިބެމުން އަންނަ ކަމަށާއި ނަމަވެސް މާލޭގެ ޝެޑިއުލް މިފަހަރު މާ ބިޒީވެގެން މާލެއިން ބޭރުން ޝޯއެއް ނުނަގާ ކަމަށެވެ. ނަމަވެސް މާފުއްޓަށް ޝޯއެއް ދޭން އެއްރޭ ދިޔަ ކަމަށެވެ.

މެދުކެނޑުމެއް ނެތި 24 އަހަރު ވަންދެން ނެށުމުގެ ދާއިރާއިން ބެލުންތެރިންގެ މުނިފޫހިފިލުވައި ދެމުން އަންނަ ސުނީ އަކީ ރާއްޖޭގައި އުފެދުނު "އިންޑިވިޖުއަލް" އެންމެ ހުނަރުވެރި އެއް ތަރި އެވެ.

comment ކޮމެންޓް