ޕޮޕް ލަވަތަކުގެ ރާނީ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ މެޑޯނާ ޒުވާން ލޯބިވެރިއަކު ގެންގުަޅޭ ކަމަށް ރިޕޯޓްތަެ ބުނެފިއެވެ.
ހަބަރުތައް ބުނާގޮތުގައި އުމުރުން 61 އަހަރުގެ މެޑޯނާ ލޯބީގެ ގޮތުން ގުޅިފައިވަނީ ބެކް ޑާންސަރެއްގެ ގޮތުގައި މަސައްކަތްކުރާ އަހްލާމާލިކް ވިލިއަމް 25، އާ ކަމަށެވެ.
އެޕާޓްމަންޓެއްގެ ބެލްކަނީގައި ދެމީހުން ގައިގޯޅިކޮށް ތިބި މަންޒަރު ފޮޓޯ ނެގުމަށްފަހު ބަޔަކު މީހުން ވަނީ ސޯޝަލް މީޑިއާއަށް ވެސް އަޕްލޯޑުކޮށްފައެވެ.
މެޑޯނާ އަށް ވުރެ 36 އަހަރު ދޮށި މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް މީޑިއާތަކުގައި މީގެ ކުރިން ވެސް ވަނީ ވާހަކަތަކެއް ދެކެވިފައެވެ.
މެޑޯނާ ވަނީ މީގެ ކުރިން ދެ ކައިވެނި ކޮށްފައެވެ. އެ ދެ ކައިވެންޏަށް އޭނާ އަށްވަނީ ހަ ދަރިން ލިބިފައެވެ. އޭނާ އެންމެ ފުރަތަމަ ކައިވެނިކުރީ މަޝްހޫރު އެކްޓަރު ޝޯން ޕެންއާ އެވެ. ދެން އޭނާ ކައިވެނިކުރީ ޑައިރެކްޓަރު ގައި ރިޗީއާ އެވެ.
މެޑޯނާގެ ގިނަ ލަވަތަކެއް އާންމުންގެ މެދުގައި މަގުބޫލެވެ. އާންމުންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ލިބިފައިވާ "ލައިސް ލާ ބޮނީތާ" އަކީ ވެސް މެޑޯނާގެ ލަވައެކެވެ.