އަނިޔާ ލިބޭ މީހުންނަށް ސީދާ ޓްރީޓީ ކޮމިޓީއަށް މައްސަލަ ހުށަހެޅުމުގެ ހައްގު ދީފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އަނިޔާ ކުރުމާއި އެހެނިހެން ދަށު ދަރަޖައިގެ އަމަލު ހިންގުމާއި އަދަބު ދިނުމާއި ދެކޮޅު މުއާހަދާ، އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗާގެ 22 ވަނަ މާއްދާ ރާއްޖެއިން ބަލައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައި، އެކަން މިއަދު އިއުލާނު ކުރައްވައިފިއެވެ.

މި މާއްދާގެ ހ ގައި ބުނާގޮތުން އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗާގެ ދަށުން ހުށަހެޅޭ ޝަކުވާ ބަލައިގަނެވޭނީ އެ މައްސަލަ ރައްދުވާ ގައުމަކީ ކޮންވެންޝަންގެ 22 ވަނަ މާއްދާ ބަލައިގަނެ އެކަން އިއުލާނު ކޮށްފައިވާ ގައުމަކަށްވެފައި، އެ މައްސަލަ ހުށަހަޅާ ފަރާތަކީ މައްސަލަ ރައްދުވާ ގައުމެއްގެ އިހްތިސޯސް ހިނގާ ސަރަހައްދުގައި ހުރި ފަރާތަކަށް ވާނަމައެވެ.

އެގޮތުން މިއަދު ރައީސް ސޮއިކުރެއްވި ޑެކްލެރޭޝަންގެ ދަށުން، ރާއްޖޭގެ އިހްތިސާސް ހިނގާ ސަރަހައްދުގައި އުޅޭ ފަރާތްތަކުން، އެފަރާތްތަކަށް ލިބޭ ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކާއި އަދަބުތަކާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ ބާރު ކޮމިޓީއަށް ލިބިގެންދާނެއެވެ.

މި ޑެކްލެރޭޝަން ހުށަހެޅުމަކީ، ކޮމިޓީ އެގެއިންސްޓް ޓޯޗާއިން ރާއްޖެއިން ހުށަހެޅި އިނީޝަލް ރިޕޯޓު 2018 ނޮވެންބަރު މަހުގައި މުރާޖައާ ކުރުމަށްފަހު ހުށަހެޅުއްވި ކޮންކްލޫޑިންގ އޮބްޒަވޭޝަންސްގައި ހިމެނޭ ރެކޮމެންޑޭޝަންއެކެވެ.

comment ކޮމެންޓް