ޝާހިދުގެ "ޖާޒީ"ގެ ޝޫޓިން ފަށައިފި

މުރްނާލް ތާކޫރް އަދި ޝާހިދު ކަޕޫރު --

ކަބީރު ސިންހްގެ ކާމިޔާބަށް ފަހު ބޮލީވުޑްގެ ކުޅަދާނަ ތަރި ޝާހިދު ކަޕޫރުގެ "ޖާޒީ"ގެ ޝޫޓިން ފަށައިފި އެވެ.

ފިލްމުގެ ޝޫޓިން ފެށިކަން ޝާހިދު ވަނީ ފޮޓޯއެއް މެދުވެރިކޮށް ޔަގީންކޮށްދީފަ އެވެ. މީގެ ދެމަހެއްޖާ ދުވަސްކުރިން ބަތަލު ޝާހިދު ވަނީ މި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ގިނަ ޓްރެއިނިންތަކެއް ހަދައިފަ އެވެ.

ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ނިންމާލާނީ މި މަހު 30ގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ މުރްނާލް ތާކޫރް އެވެ. ފިލްމު ޑައިރެކްޓްކުރާނީ އަސްލު ފިލްމު ޑައިރެކްޓްކުރި ގޯތަމް އެވެ.
ޖާޒީ އަކީ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމުގެ ތެލުގޫ ވާޝަނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ފިލްމު އަޅުވާނީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ.

comment ކޮމެންޓް