ބޮލީވުޑްގެ ކާމިޔާބު ދެތަރިން ކަމަށްވާ ސަލްމާން ޚާން އާއި ކެޓްރީނާ ކެއިފް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާއާއި ބައްދަލުކޮށްފިއެވެ.
އެދެތަރިން ބަންގްލަދޭޝްއަށް ދިޔައީ އެ ގައުމުގައި މިހާރު ހުޅުވާފައިވާ ޝައޭ ބަންގުލާ ނެޝަނަލް ސްޓޭޑިއަމް ހުޅުވުމުގެ ރަސްމިއްޔާތަށެވެ.
ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ އާ ބައްދަލުކޮށް ފޮޓޯއެެއް ނެގުމަށްފަހު ސަލްމާން ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށްފައެވެ.
ކެޓްރީނާ އާ ސަލްމާން އެންމެ ފަހުން އެކުގައި ސްކްރީނުން ފެނިގެންދިޔައީ ފިލްމު ބާރަތު އިންނެވެ. ސަލްމާންގެ ކުރިއަށް އޮތް ފިލްމަކީ ދަބަންގް 3 އެވެ. މިހާރު އެ ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ކެޓްރީނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސޫރިއާވަންޝީއިންނެވެ.