މައްޗަންގޮޅި ގެއެއްގެ ޓެރަސްމަތިން މަރުވެފައި އޮތް މީހަކު ފެނިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 11:18 ހާއިރު މައްޗަންގޮޅީ ގެއެއްގެ ޓެރަސް މަތީގައި ފިރިހެނަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައުލޫމާތާ ގުޅިގެން ފުލުހުން އެގެއަށް ދިޔައިރު އޭނާގެ އަނގައިން ފޮނު އަރާފައިވާ ކަމަށެވެ.
ބެލެވޭ ގޮތުގައި އޭނާ މަރުވީ އޯވަޑޯޒް ވެގެން އެވެ.
މި މީހާ އަކީ ކާކުތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔުމަށް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ދަނީ މަސައްކަތް ކުރަމުން އެވެ. މަރުވެފައި އޮތް މީހާ އަކީ އެގޭގައި ދިރިއުޅޭ މީހެއް ނޫންކަން ފުލުހުން ބެލިބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.