ގޯލްޑް 100 އާއި ބިޒްނަސް އެކްސްޕޯ 2020ގެ މީޑިއާ ޕާޓްނަރުކަން ސަންއަށް

ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެންމެ ވަރުގަދަ 100 ވިޔަފާރި ކުންފުނި ފާހަގަކޮށް، ކޯޕަރޭޓް މޯލްޑިވްސްއިން ދޭ "ގޯލްޑް 100"އާއި އަންނަ އަހަރު ބާއްވާ ބިޒްނަސް އެކްސްޕޯ 2020ގެ މީޑިއާ ޕާޓްނަރުކަމަށް ސަން އޮންލައިން ހަމަޖައްސައިފިއެވެ.

ކޯޕަރޭޓް މޯލްޑިވްސްއަކީ އޯރކާ މީޑީއާ ގްރޫޕުގެ ދަށުން ހިންގާ ވިޔަފާރި އަދި ހޮސްޕިޓެލިޓީ މަޖައްލާއެކެވެ.

ގޯލްޑް 100 އަސި ބިޒްނަސް އެކްސްޕޯ 2020ގެ މީޑިއާ ޕާޓްނަރުކަން ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސަން މީޑިއާ ގްޜޫޕުގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް ފިރާޝާ މުހައްމަދާއި އޯރކާ މީޑިއާ ގްރޫޕުގެ މެނޭޖަރު އަހްމަދު ނާސިރެވެ.

ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްނަސް އެކްސްޕޯ 2020 އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 އަދި 24 ވަނަ ދުވަހު ދަރުބާރުގޭގައެވެ.

އަދި 2019 ވަނަ އަހަރުގެ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރި ފާހަގަކޮށް، ގޯލްޑް 100 އެވޯޑު ދޭ ރަސްމިއްޔާތު އޮންނާނީ 2020 ގެ ފެބްރުއަރީ 25 ވަނަ ދުވަހު ދަރުބާރުގޭގައެވެ.

އޯރކާ މީޑިއާ ގްރޫޕުން ބުނާ ގޮތުގައި، ގޯލްޑް 100 ލިސްޓުގެ އަމާޒަކީ ރާއްޖޭގެ ވިޔަފާރީގެ މުޖުތަމައުގެ ބައިވެރިންގެ އަގު ވަޒަންކުރުމެވެ. މި ލިސްޓު އެކުލަވަނީ ދެފުށް ފެންނަ އަދި އަދުލުވެރި ކްރައިޓީރިއާއެއްގެ ދަށުންނެވެ.

ގޯލްޑް 100 ކުންފުނިތަކުގެ ލިސްޓު އެކުލަވާލެވެނީ މިންކުރެވޭ ތަރުތީބަކުންނެވެ ނޫން ކަމަށާއި، ލިސްޓު ތަރުތީބުކުރަނީ ކުންފުނިތަކުގެ ނަމުގެ އިނގިރޭސި ތަރުތީބުން ކަމަށްވެސް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ.

comment ކޮމެންޓް