އަދިތިޔާ ވަރްމާ ވެސް ލީކުކޮށްލައިފި

އަދިތިޔާ ވަރްމާގެ ދެ ބަތަލުން ---

ތެލެގޫ ފިލްމު "އަރުޖުން ރެޑީ"ގެ ތަމަޅަ ވާޝަން "އަދިތިޔާ ވަރުމާ" ރިލީޒްކުރުމާ އެކު އެ ފިލްމު ލީކުކޮށްލައިފި އެވެ.

އެ ފިލްމުވެސް ލީކުކޮށްލާފައި ވަނީ ފަހަކަށް އައިސް ނެރޭ ހުރިހާ ފިލްމުތަކެއް ލީކުކުރަމުން އަންނަ ތަމިލް ރޮކާޒް އިންނެވެ. ސިނަމާތަކަށް ރިލީޒްކުރާ ފިލްމުތައް ތަމިލް ރޮކާޒް އިން ލީކުކުރި ނަމަވެސް އެކަމާ ގުޅިގެން ހަރުކަށި ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ.

މި ފިލްމަކީ އަސްލު ތެލެގޫ ފިލްމެކެވެ. އެ ފިލްމު ރިލީޒްކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. ދާދިފަހުން ބޮލީވުޑުން ވަނީ އަރުޖުން ރެއްޑީގެ ހިންދީ ވާޝަނެއް ހަދައިފަ އެވެ. "ކަބީރު ސިންހް"ގެ ނަމުން އެ ފިލްމަށް ނަންދިން އިރު އެ ފިލްމު ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދައިފަ އެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ކަޑައްތު ކުރަމުން އަންނަ މަންޒަރު ފިލްމުން ދައްކުވައިދޭނެ އެވެ.

comment ކޮމެންޓް