ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް މިފަހަރު ތުރުކީ ފޮޓޯގްރާފަރުން

ރާއްޖެ އައި ތުރުކީގގެ ސޯޝަލް މީޑިއާ އިންފުލުއެންސަރުން --- ފޮޓޯ؛ އެމްއެމްޕީއާރުސީ

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް މިއަހަރު އެމްއެމްޕީއާރުސީ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފެމެލަރައިޒޭޝަން ޓްރިޕުތަކުގެ ދަތުރެއްގައި ތުރުކީ ވިލާތުގެ ދެ ފޮޓޯގްރާފަރެއް ރާއްޖެ އަތުވެއްޖެ އެވެ.

އެގައުމުގެ ސޯޝަލް މީޑިއާ އިންފުލުއެންސަރުންގެ ގޮތުގައި ގުނާލެވޭ މެހްމެޓް ކިރާލީ އާއި ޗިލާ ގެޗީޗީ ރާއްޖެ އައިސްފައިވަނީ ފޭމް ޓްރިޕްތަކުގެ 19 ވަނަ ދަތުރުގަ އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ ތުރުކީގެ ސޯޝަލް މީޑިއާ އިންފުލުއެންސަރުން މަޑުކުރާނީ ކިހާ މޯލްޑިވްސް އާއި ޝަންގްރިލާ ވިލިނގިލި އަދި ކިހާ ބީޗް ދަރަވަންދޫ ގެސްޓުހައުސްގައި ކަމަށެވެ.

މި ދަތުރުގައި ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް ރާއްޖޭގެ ސަގާފަތް ދެނެގަނެ، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި މި ދެ މީހުން ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

މި ދަތުރުގެ ތަޖުރިބާ ބައިވެރިން ހިއްސާކުރާނީ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައެވެ. މި ދެ އިންފުލުއެންސަރުންގެ ފޮލޯވަރުން މިލިއަނަކަށް އަރާކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

މި ދަތުރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަން ތުރުކީ ފަތުރުވެރިންނާ ހިއްސާކުރުން ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

މިއަހަރުގެ މިހާތަނަށް ތުރުކީ އިން 1117،619 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ތުރުކީގައި ބާއްވާ ފަތުރުވެރިކަމުގެ ފެއާ އެމިޓުގައި ވެސް އެމްއެމްޕީއާރުސީ އިން ބައިވެރިވެއެވެ.

comment ކޮމެންޓް