ވާދޫ ފަޅުތެރޭ އޮތް ލޯންޗެއް ގެއްލިގެން ހޯދަނީ

ވާދޫ ފަޅުތެރޭ އޮއްވާ ގެއްލުނު ލޯންޗު -- ފޮޓޯ: ޕޮލިސް

ރ. ވާދޫފަޅުތެރޭ އޮތް ލޯންޗެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އެރަށު ހުޅަނގުފަރާތު ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް ގެއްލިގެން އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ލޯންޗު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

"ނާނު-1" ނަމަކަށްކިޔާ މި ލޯންޗު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެކަމަށްވެސް ފުލުހުން ބުންޏެވެ.

މި ލޯންޗު އެންމެ ފަހުން ފެނިފައިވަނީ 24 ނޮވެމްބަރު 2019 ވަނަ ދުވަހުގެ ރޭ 8:00 އެހާކަންހާއިރު ވާދޫ ފަޅުތެރެއިން ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ލޯންޗަކީ ހުދާއި ފެހި ކުލަ ހިމެނޭ ރީނދޫ އަދި ރަތް ފަށެއްވެސް ހިމެނޭ ކުޑަ ލޯންޗެކެވެ.

comment ކޮމެންޓް