އެމްޓީސީސީގެ "ޔަންމާ ސާވިސް ކެމްޕޭން" ގއ. އަތޮޅުގައި

އެމްޓީސީސީން ކުރިއަށްގެންދާ ޔަންމާ ސާވިސް ކެމްޕޭނުގެ ތެރެއިން-- ފޮޓޯ/ އެމްޓީސީސީ

ޔަންމާ ބްރޭންޑުގެ އިންޖީނުތަކަށް ޚާއްސަކޮށްގެން 'ޔަންމާ ސާވިސް ކެމްޕޭން' ގެ ނަމުގައި އެމްޓީސީސީން ކެމްޕޭނެއް ފަށައިފި އެވެ.

ޔަންމާ އޭޝިއާއާއި ގުޅިގެން ފެށި އެ ކެމްޕޭނަކީ ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ކެމްޕޭނެކެވެ.

އެ ކެމްޕޭނުގެ ދަށުން ގއ. ގެމަނަފުށްޓާއި ގއ. ދާންދޫގައި އެމްޓީސީސީއާއި ޔަންމާ އޭޝިއާ ސިންގަޕޯރ ކޯޕަރޭޝަންގެ ސޭލްސް، މާކެޓިންގް އެންޑް ޓެކްނިކަލް ޓީމުން ހަރަކާތްތެރިވާނެ އެވެ.

އެމްޓީސީސީން ކުރިއަށްގެންދާ ޔަންމާ ސާވިސް ކެމްޕޭނުގެ ތެރެއިން-- ފޮޓޯ/ އެމްޓީސީސީ

ކެމްޕޭން ކުރިއަށްދާ ތިން ދުވަހުގެ ތެރޭގައި އެ ޓީމުތަކުން ޔަންމާ އިންޖީނު އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތްކޮށް، އިންޖީނުތައް ސާވޭ ކުރުމާއި ޖެނުއިން ސްޕެއާ ޕާޓްސް ބޭނުންކުރުމާ ގުޅޭ ގޮތުން ކަސްޓަމަރުން ހޭލުންތެރިކަމުގެ ހަރަކާތްތައް ކުރިއަށްގެންދާނެ އެވެ.

މީގެ އިތުރުން އިންޖީން އޯވަހޯލް ކުރުމަށް ކަސްޓަމަރުން ވާން ޖެހޭ ތައްޔާރީތަކާއި ގުޅޭ މައުލޫމާތު ވެސް އެ ކެމްޕޭނުގައި ޔަންމާ ޓީމުން ފޯރުކޮށްދޭނެ އެވެ.

ސާވޭ ކުރާ ކޮންމެ އިންޖީނަކަށް ޔަންމާ މެއިންޓަނެންސް ކިޓެއް ހަދިޔާ ކުރަން ހަމަޖައްސާފައިވާއިރު، ކެމްޕޭނުގައި ބައިވެރިވާ ކަސްޓަމަރުންނަށް ސްޕެއާ ގަތުމަށް ޚާއްސަ އަގުތަކެއް ވެސް ލިބިގެންދާނެ އެވެ.

އެމްޓީސީސީން ކުރިއަށްގެންދާ ޔަންމާ ސާވިސް ކެމްޕޭނުގެ ތެރެއިން-- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީން ބުނީ އެކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ކެމްޕޭނުތައް ކުރިއަށް ގެންގޮސް، ކުންފުންޏާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށެވެ.

comment ކޮމެންޓް