ޔޫޑަބްލިއުސީ ސްކޯލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ޔޫޑަބްލިއުސީ ސްކޮލަޝިޕްގެ ދަށުން ވޭލްސްގައި ކިޔެވި ދިވެހި ދަރިވަރަކު މުންޑެއްގައި (މ) --- ފޮޓޯ/ ޔޫޑަބްލިއުސީ މޯލްޑިވްސް

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔުނައިޓެޑް ވޯލްޑް ކޮލެޖް (ޔޫޑަބްލިއުސީ)އިން ދެމުން ގެންދާ ސްކޮލަޝިޕް ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔޫޑަބްލިއުސީއަކީ 1962 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ސުލްހައާއި ހަމަޖެހުމަށާއި އެއްބަޔަކު އަނެއްބަޔަކާ ސުލްހަވެރިކަމާ އެކު ދިރިއުޅުމަށް ބާރު އެޅުމަށް މަތީ ސާނަވީ އުމުރުގެ ޒުވާނުންނަށް ހާއްސަކޮށްގެން އުފެއްދި ސްކޫލުތަކެކެވެ. މިއަދު ދުނިޔޭގެ އެކި ގައުމުތަކުގައި ޔޫޑަބްލިއުސީގެ ޖުމްލަ 17 ކޮލެޖެއް ހުރެ އެވެ.

ޔޫޑަބްލިއުސީ ސްކޮލާޝިޕަށް ދަރިވަރުން ހޮވުމުގައި މިއަހަރު އިސްކަންދޭނީ މެރިޓް އަދި ނީޑް އަށެވެ. ދެހާސްވަނަ އަހަރުން ފެށިގެން އަލިފުޅުތުއްތު ފައުންޑޭޝަންގެ އެހީތެރިކަމާއެކު ދެމުންގެންދާ ޔޫޑަބްލިއުސީ ސްކޮލަޝިޕް ފުރުސަތަކީ އޯލެވެލް ފެންވަރުގެ ކިޔެވުން ނިންމާ ދިވެހި ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ސްކޮލަޝިޕް ޕްރޮގްރާމެކެވެ.

މެރިޓަށް ބެލުމަށްފަހު ދަރިވަރުންނަށް ސްކޯލާޝިޕް ދޭއިރު ބަލާނީ އެޕްލިކޭޝަނުގެ އިތުރުން އިންޓަވިއު އަދި ސެކެލްޝަން ކޭމްޕުންނެވެ. ނީޑް އަށް ބަލާއިރު، މެރިޓަށް ބަލައިގެން ހޮވާ ދަރިވަރުންގެ ފައިނޭންޝަލް އެސެސްމެންޓެއް ހަދާނެއެވެ.

މީގެ ބޭނުމަކީ ޔޫޑަބްލިއުސީގެ ދެ އަހަރު ތެރޭގައި ދަރިވަރުގެ ތައުލީމާއި ދިރިއުޅުމަށް ސްކޮލަޝިޕް ފުރުސަތުތައް ދަރިވަރުންގެ ފައިނޭންޝިއަލް އެސެސްމަންޓްއަށް ބަލައިގެން ބަހައިލުމެވެ. މީގެ އިތުރުން ބެލެނިވެރިންނަށް ހަރަދު ކުރެވޭނެ މިންވަރު އަންދާޒާކުރުމަކީވެސް މީގެ މަގުސަދެކެވެ.

ނަމަވެސް މިއަށް ރިއާޔަތް ކުރާނީ މިއަހަރުގެ ސްކޮލަޝިޕް ފުރުސަތުތައް ކާމިޔާބުކުރާ ދަރިވަރުން ކަނޑައެޅުމަށް ފަހު ކަމަށާއި މީގެ މަގްސަދަކީ ހަމައެކަނި އެކުދިންގެ ހުނަރާއި ފަންނާއި ތައުލީމީ ގާބިލުކަމަށް ބަލައިގެން ދަރިވަރުން ހޮވުންކަމަށް ސްކޮލާޝިޕް ދޭ ފަރާތުން ބުންޏެވެ.

މި ސްކޯލާޝިޕަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 17ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

މި ސްކޮލާޝިޕަށް ކުރިމަތިލާ ދަރިވަރުންނަކީ އުމުރުން 15 އަހަރައި 17 އަހަރާ ދެމެދުގެ ކުދިންނަށް ވާން ޖެހެއެވެ. މި ދަރިވަރުންގެ ގްރޭޑް 10ގެ ނަތީޖާ ސީއަށް ވުރެ މަތިން ލިބިފައިވާ ދަރިވަރުންނަށް ވާންޖެހެއެވެ.

ޖިސްމާނީ ގޮތުން، ނުވަތަ ނަފްސާނީ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށްވެސް ސްކޮލަޝިޕް ފުރުސަތުގައި
ބައިވެރިވެވޭނެއެވެ.

comment ކޮމެންޓް