ބިޒްނަސް އެވޯޑުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ

ބިޒްނަސް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖެއްސުމަށް ބްލޭޒަން އާއެކު އެއްބަސްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ : އެސްޓީއޯ

މޯލްޑިވްސް ބިޒްނަސް އެވޯޑު 2019ގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފި އެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯއާއިި ބިޒްނަސް އެވޯޑު އިންތިޒާމުކުރާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއުކުރައްވާފައިވަނީ އެކުންފުނީގެ އެގްޒެކިއުޓިވް ސެކްރެޓަރީ މަރިޔަމް ޕަރްވީން އަބްދުލް ފައްތާހެވެ. އަދި ބްލޭޒަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ ސީއީއޯ ހަސަން އަބްދުﷲ ހިލްމީއެވެ.

ބިޒްނަސް އެވޯޑުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖެއްސި މިއީ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ބިޒްނަސް އެވޯޑުގެވެސް ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯއެވެ.

ވިޔަފާރި ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ބިޒްނަސް އެވޯޑެއް ތައާރަފުކުރީ މިދިޔަ އަހަރެވެ.

މިދިޔަ އަހަރުގެ ބިޒްނަސް އެވޯޑުގެ އެންމެ ކާމިޔާބު ކުންފުންޏަކީ އެލައިޑް އިންޝިއުރެންސް އެވެ. އެއީ އެސްޓީއޯގެ ސަބްސިޑެރީ ކުންފުންޏެކެވެ.

comment ކޮމެންޓް